
"މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ދުޢާ އިޖާބަ ކުރައްވާނެ ކަމެއް"
"މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ދުޢާ އިޖާބަ ކުރައްވާނެ ކަމެއް"
ލިޔުން:
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އަޅުން ކުރާ ހެޔޮ ދުއާތައް މާތް ﷲ ގަބޫލުކުރައްވާނެކަމެއް ކަމަށް އައްޝައިހް އަލީ ޒައިދު ވިދާޅުވެއްޖެެއެވެ.
ގދ. ތިނަދޫގައި ބޭއްވި އަތޮޅު އިހްޔާ ފޯރަމްގައި "ހިތްހެޔޮކަމުގެ އިންތިހާ" މި މައުޟޫއަށް ތަގްރީރުކުރައްވަމުން ޝައިހް ޒައިދު ވިދާޅުވީ އަޅުގަނޑުމެން އެއްވެސް މީހަކު ދުނިޔެއަށް އަންނަނީ އަމިއްލައަކަށް ނޫންކަމަށާއި އިންސާނާ ދުނިޔެއަށް ފޮނުއްވާފައިވަނީ މައިންބަފައިން މެދުވެރިކޮށް ކަމަށެވެ. އަދި އެ އިންސާނާ ދުނިޔެއަށް ފޮނުއްވުމުގެ އަސްލުކަމުގައިވާ މަންމައާމެދު ހެޔޮކޮށް ހިތަންވާނެކަމަށް ޝައިހް ވިދާޅުވިއެވެ. އެހެންކަމުން ޝައިހް ވިދާޅުވީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އަޅުން ކުރާ ހެޔޮ ދުއާތައް ﷲ ގަބޫލުކުރައްވާނެކަމެއް ކަމަށެވެ.
މާތް ﷲ ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އަށް ފަހު ދެން އަބަދުވެސް އެންމެ އިސްވާނީ މަންމަކަމަށާއި އެ ތަރުތީބު ދަރިންނަށް ދަސްކޮށްދޭންޖެހޭކަމަށް ބުނެ ޝައިހް ޒައިދު ވިދާޅުވީ އިސްލާމީ ޝަރީއަތުގައި މަންމަގެ މަގާމަކީ ބައްޕައަކަށް އަދާކުރެވޭނެ މަގާމެއް ނޫންކަމަށެވެ.
އެ ފޯރަމްގައި ތަގްރީރުކުރައްވަމުން ޝައިހް ނިމާލް ވިދާޅުވީ ﷲ ކާއިނާތުގައި ލައްވާފައިވާ ކޮންމެކަމަކީވެސް އޭގެ ފަހަތުގައި އެތަކެއް ހިކުމަތްތަކެއް ލައްވާފައިވާ ކަންކަންކަމަށާއި އޭގެތެރެއިން މާތްﷲ އިންސާނާ ހަލްގުކުރައްވާފައިވާ ގޮތަށް ފިކުރުކޮށްފިނަމަ މިކަމުގެ ފަހަތުގައިވެސް ވަރަށްގިނަ އިބްރަތްތަކާއި ހިކުމަތްތައް ކީރިތި ގުރުއާނުގައި ބަޔާންކުރައްވާފައިވާކަމަށެވެ.
މައިންބަފައިން އުފުލާ ބުރައާއި ވޭނަށް ބައްލަވައި، އެމީހުންނަށް އިހްސާންތެރިވުމުގެ މުހިންމުކަން ފާހަގަކުރައްވައި ޝައިހް ނިމާލް ވަނީ ރަސޫލާ ގެ ޙަޔާތްޕުޅުގައި ދިމާވި ހާދިސާތައް އެ ފޯރަމްގައި ކިޔައިދެއްވާފައެވެ. އަދި ތިމާ ދުނިޔޭގައި ހުއްޓާ މައިންބަފައިން މުސްކުޅި އުމުރާ ބައްދަލުކޮށްފިނަމަ އެއީ ސުވަރުގެއަށް ދިޔުމަށް ތިމާއަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި ދެކުމަށް ޝައިހް ނިމާލް ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
އެ ފޯރަމްގައި އިސްލާމްދީނުގައި މައިންބަފައިންގެ މަގާމާއި އިސްލާމްދީނުގައި މައިންބަފައިންނަށް އިހްސާންތެރިވުމާއި އެދެމީހުންނަށް ކިޔަމަންތެރިވުމަށް ބާރުއަޅާފައިވާ މިންވަރު، ދެ ބޭފުޅުންވެސް ވަނީ ތަފްސީލުކޮށްދެއްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
