
މަޙްރަމަކާ ޖިންސީގުޅުން ހިންގަން އުޅުނުމީހަކު 7 އަހަރަށް ޖަލަށް ލައިފި
މަޙްރަމަކާ ޖިންސީގުޅުން ހިންގަން އުޅުނުމީހަކު 7 އަހަރަށް ޖަލަށް ލައިފި
ލިޔުން:
22 އޯގަސްޓް 2024 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމެއްގައި ބުނެފައިވނީ މަޙްރަމަކާ ޖިންސީގުޅުން ހިންގަން އުޅުނުކަން ސާބިތުވެ ކ.މާލޭއަށް ނިސްބަތްވާ މީހެއްގެ މައްޗަށް 7 އަހަރުދުވަހުގެ ޖަލުހުކުމެއް އިއްވާފައެވެ.
ކުރިމިނަލް ކޯޓުން އާއްމުކޮށްފއިވާ މައުލޫމާތުގައި ހުކުމް އިއްވި ފަރާތުގެ މައުލޫމާތު ހާމަކޮށްްފައިވީނަމަވެސް ޝަރީއަތް ނިމުނުގޮތުގެ ގަޒިއްޔާގެ ތަފްސީލެއް އާއްމުކޮށްފއެއް ނުވެއެވެ. އެ ކޯޓުން ބުނެފައިވަނީ މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން އެ ރިޕޯޓް ވެބްސައިޓަށް އަޕްލޯޑް ކުރެވިފައި ނުާނެކަމަށެވެ.
އަދި އެ ކޯޓުގެ ވެބްސައިޓްގައިވާގޮތުން އެހުކުމަކީ ގާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޙްރަމަކާއެކު ޖިންސީ އަމަލެއް ހިންގަން އުޅުމުގެ ސާބިތުވެ ކުއްވެރިވެއްޖެކަމަށް ކަނޑައަޅައި އެ ކުށުގެ އުގޫބާތެއްގެ ގޮތުން، ގާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ މީހާގެ މައްޗަށް ކޮށްފައިވާ 7 އަހަރުގެ ޖަލު ހުކުމެކެވެ.
އަދި ގާނޫނު ނަންބަރު 12/2016 (ޖިނާއީ ިއޖުރާއަތުގެ ގާނޫނު) ގެ 186 ވަނަ މާއްދާއާ ހަވާލާދީ އެ މައްސަލައާ ގުޅިގެން ހުކުމެއް ކުރުމުގެ ކުރިން އޭނާ އެމައްސަލައިގެ ބަންދުގައި ހޭދަކުރި މުއްދަތު، ޖަލު އަދަބުން އުނިކުރުމަށް ކަނޑައަޅައިވެސް ކނަޑައަޅާފައިވާކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
