
މަހްލޫފުގެ އަންހެނުން ނަޒޫ މަޖިލީހަށް ވާދަކުރަނީ
މަހްލޫފުގެ އަންހެނުން ނަޒޫ މަޖިލީހަށް ވާދަކުރަނީ
ލިޔުން:
ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ އަނބިކަނބަލުން ނަޒުރާ ނަސީމް (ނަޒޫ ނަސީމު) މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.
މަޖިލީހަށް ވާދަކުރައްވާކަން ނަޒޫ އިއުލާނު ކުރައްވާފައިވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭނަ ކުރިމަތިލައްވަން ނިންމާފައިވަނީ އުފަން ސިޓީ ފުވައްމުލަކުގެ ދެކުނު ދާއިރާއަށެވެ. އެއީ އެމްޑީޕީގެ ފަރާތުންނެވެ. އެގޮތުން، އަންނަ މަހު 3 ގައި އެ ޕާޓީން ބާއްވާ ޕްރައިމަރީގައި ތާއީދުކޮށް ދިނުމަށް ނަޒޫ ވަނީ އެދިވަޑައިގެންފައެވެ.
https://twitter.com/MDPWomensWing/status/1749329240762503431
ނަޒޫ އަކީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެކެވެ. އަދި އެނާ ވަނީ ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގައި ފައިސަލާ އެކު ރައީސް އޮފީހުގައި މަސައްކަތް ކުރައްވާފައެވެ.
އޭނާގެ ފިރިކަލުން މަހުލޫފަކީ ވެސް ކުރިން މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިދިޔަ ސަރުކާރުގައި ޔޫތު މިނިސްޓަރަކަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުގެ ގޮތުގައެވެ.
މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައިވަނީ މާޗް މަހުގެ 17 ގައެވެ. އެއީ ރޯދަމަހުގެ ފުރަތަމަ ހަފްތާއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
