މަހިބަދޫއަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށްދިޔަ ދޯނި ނުފެނޭ، ފެނުނީ ގެގަނޑު އެކަނި

މަހިބަދޫއަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށްދިޔަ ދޯނި ނުފެނޭ، ފެނުނީ ގެގަނޑު އެކަނި
ލިޔުން:
މާލެއިން ފުރައިގެން އދ. މަހިބަދޫއަށް ދަތުރުކުރަމުން ދިޔަ ދޯނީގެ ބޮޑު ބައި އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން "މިނިވަން" އަށް ބުނީ ރިކާޑޯ ދޯނި ނަގަން މަހިބަދޫ ދޯނިފަހަރު ވެސް މަސައްކަތްކުރި ނަމަވެސް، މިހާތަނަށް ހަމައެކަނި ފެނިފައިވަނީ އެ ދޯނީގެ ގެގަނޑު ކަމަށެވެ.
އެ ހާދިސާ ހިނގިއިރު ދޯނީގައި ތިބި އަށް މީހަކާއި އެ ދޯނީގެ ފަޅުވެރިން، މެރިން ޕޮލިސްގެ ލޯންޗަށް ނަގައި ސަލާމަތް ކޮށްފައިވާ ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑިއެފުން ބުންޏެވެ.
ރިކާޑޯ ނަމަކަށް ކިޔާ މި ދޯންޏަކީ އދ. އަތޮޅަށް މުދާ އުފުލަން ދަތުރުކުރާތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ދޯންޏެކެވެ. އަދި އެ ދޯނި އަޑިއަށް ދިޔައިރު އަތޮޅުގެ އެކި ރަށްރަށުގެ ގިނަ އަދަދެއްގެ ވިޔަފާރިތަކުގެ މުދާ އަރުވާފައި ހުރި ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
