
މަހާޒު ވިދާޅުވަނީ މަތީ ތަޢުލީމު ހާސިލުކުރާ ކުދިންގެ އަދަދު މަތިވާއިރު އަޚުލާގު ދަނީ ދަށަށް ކަމަށް
މަހާޒު ވިދާޅުވަނީ މަތީ ތަޢުލީމު ހާސިލުކުރާ ކުދިންގެ އަދަދު މަތިވާއިރު އަޚުލާގު ދަނީ ދަށަށް ކަމަށް
ލިޔުން:
ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު ވަނީ އަދުގެ މުޖުތަމައުގެ ހާލަތާ ގުޅޭ މުހިއްމު ވާހަކަފުޅުތަކެއް ދައްކަވާފައެވެ. މަތީ ތައުލީމް ހާސިލްކުރާ ކުދިންގެ އަދަދު އިތުރުވެގެން ދާއިރު، އެ ބަދަލު މުޖުތަމައުގެ އިޖުތިމާއީ އަޚުލާގުގެ ތެރެއިން ނުފެންނަނީ ކީއްވެގެންތޯ ސުވާލުކުރައްވައި އޭގެ މިސާލުތައްވެސް ދެއްކެވިއެވެ. ވިދާޅުވިއެވެ؛
"މިސްކިތްތަކުގައި ދޮރުފަތްތަކެއް ނެތް ނަމަ، އަޅުގަނޑުމެން ނަމާދަށް ސައިކަލުގައި ގޮސް ޕާކު ކުރީހީ މިހުރާބާއި މިމްބަރާ ދެމެދުގައި. ސައިލުގައި ގޮސް ފިހާރާތަކަށް ވަދެވޭ ނަމަ، ސައިކަލް ޕާކު ކުރާނީ ސޭޓާއި ކައުންޓަރާ ދެމެދުގައި."
މަހާޒު ވިދާޅުވީ، އަޅުގަނޑުމެން ބަސްބުނުމުގެ ތެރޭގައި، އަޅުގަނޑުމެން ބުނާ ބަހަކުން އަނެކާގެ ހިތަށް ކުރަނީ ކޮން އަސަރެއްތޯ ނުބަލާ ކަމަށެވެ. އެހެން މީހެއްގެ ގަޔަށް ވަޅިހަރައިފިއޭ ބުނީމާ، އެއީ ދިވެއްސަކަށް ނުވި ނަމަވެސް އިންސާނީ ޠަބީއަތް ނިޔާކުރާގޮތުން އަޅުގަނޑުމެންގެ ހިތަށް އަސަރުކުރާ ކަމަށެވެ.
"އެކަމަކު ރެއާއި ދުވާލު އަނެކާގެ އަބުރަށް އަރައިގަނެވޭއިރު އަޅުގަނޑުމެންނަށް މި އިހުސާސް ކުރެވޭތޯ. އަނެކާގެ ހިތުގައި އެ އެޅޭ ވޭން، އަޅުގަނޑުމެންނަށް އިހުސާސް ކުރެވޭތޯ. ކިހާދުވަހަށް އެ ލަކުނުތައް ހިތުގައި ހުންނާނެ ކަމަށް އަޅުގަނޑުމެން ވިސްނަމުތޯ،" މަހާޒު ވިދާޅުވިއެވެ.
ތަފާސް ހިސާބާއި މުޖްތަމައުގެ ހާލަތާ އެކީގައި އަޅުގަނޑުމެން ގުރާފެއް ކުރަހާ ނަމަ، މަތީ ތަޢުލީމް ނިންމާ ދަރިވަރުންގެ އަދަދު މައްޗަށްދާ ތަން ފެންނާނެ ކަމަށާއި، އެހެން ނަމަވެސް އެންމެންނަށް ހިތުގެ އަޑިން އިއްތިފާގު ވެވޭ، މި ގުރާފުގައި އަޅުގަނޑުމެންގެ އަޚްލާގީ މިންގަނޑު ހިމަނައިފި ކަމުގައި ވަނީނަމަ އޭގެ ރޮނގު މި އަންނަނީ މަތިން ތިރިއަށްކަން މަހާޒު ވިދާޅުވިއެވެ؛ " ސީދާ އޮލަބަކަށޭ އަޅުގަނޑު ނުދަންނަވާނަން. އިއްތިފާގު ވެވޭ ކަމަކީ އަޚުލާގު މި ލައިން އަންނަނި ތިރިއަށްކަން"
ކިޔުންތެރިންގެ ސަމާލުކަމަށް

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
