މާލެ: 31°C
މަގުތަކުގައި އުސޫލެއްނެތި ޕާކްކުރާ ނަމަ އަނެއްކާވެސް ފިޔަވަޅު އަޅަން ފަށަނީ

މަގުތަކުގައި އުސޫލެއްނެތި ޕާކްކުރާ ނަމަ އަނެއްކާވެސް ފިޔަވަޅު އަޅަން ފަށަނީ

March 3, 2024
2 ފަހަރު ބަލާފައި
މަގުތަކުގައި އުސޫލެއްނެތި ޕާކްކުރާ ނަމަ އަނެއްކާވެސް ފިޔަވަޅު އަޅަން ފަށަނީ
މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި އެއްވެސް އުސޫލެއް ނެތި ޕާކްކުރާ މައްސަލަ ބޮޑުވަމުންދާތީ، އެންމެފަހުން މަގުތަކުގައި އުސޫލެއްނެތި ޕާކް ކުރާ އުޅަނދުތަކާމެދު އަންނަ ބްރާސްފަތި ދުވަހުން ފެށިގެން ފިޔަވަޅު އަޅާނޭކަމަށް ފުލުހުން އިންޒާރުދީފިއެވެ. މިކަމާއި ގުޅޭގޮތުން ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މަގުމަތީގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި، މަގުމަތީގައި އެއްޗެހި ދުއްވާ ފަރާތްތަކުގެ އިތުރަށް ޕަބްލިކް ޓްރާންސްޕޯޓާއި، އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ބައެއް ފަރާތްތަކުން ޕާކްކުރާ މައްސަލަ އިތުރުވަމުން އަންނަ ކަމަށެވެ. ފުލުހުން ބުނީ، މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކުރަމުންދާތީ މާލެ އަދި ފޭސް 1 އަދި 2 ހިމެނޭހެން އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދުގެ ދަށުން ޕާކިން ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެއްގައި މެނުވީ އެއްގަމު އުޅަނދު ޕާކް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. މި ބަޔާނުގައި ފުލުހުން ވަނީ ހާއްސަ އިސްކަމެއްދީގެން ތްރެފިކް ޕޮލިހުގެ ފަރާތުން ބައެއް އޭރިއާތައް ބަލަހައްޓަމުންދާނޭކަމަށް ބުނެފައެވެ. އެ ސަރަހައްދު ތަކުގެ ތެރޭގައި ހިމެނެނީ:
  • ގްރީން ޒޯން
  • ޕަބްލިކް ޓްރާންސްޕޯޓް ދުއްވާ މަގުތައް
  • މަގުތަކާއި ގޯޅިތަކުގެ ކަންމަތި
  • ސްކޫލުތައް ހިމެނޭ ސަރަހައްދު
އޮފީސް އިމާރާތްތަކާއި، ހޮސްޕިޓަލްތަކާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ހާއްސަ ކުރެވިފައިވާ ތަންތަނާއި، މިސްކިތްތަކާއި، ގޭބިސީތަކާއި ގަރާޖުތަކަށް ވަދެނިކުމެ ހަދާ ފަރާތްތަކަށް ދަތިވާނެހެން ދުއްވާ އުޅަނދުފަހަރު ފުލުހުން ބުނީ މާލެ އަދި ފޭސް 1 އަދި 2 ގައި ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކާމެދު، މިހިނގާ މާޗްމަހުގެ 7 ވަނަ ދުވަހުގެ ފަހުން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 7 ވަނަ މާއްދާގެ ނ އަދި އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ ށ ގެ ދަށުން ފިޔަވަޅު އަޅާނޭ ކަމަށެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 7 ވަނަ މާއްދާގެ ނ ގައި ބަޔާންކޮށްފައިވާގޮތުން އެއްގަމު އުޅަނދެއް ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން، އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރުމުގެ އިތުރުން، ގަވާއިދާ ޚިލާފަށް އުޅަނދު ޕާކުކުރި ފަރާތެއްގެ ލައިސަންސުން ޕޮއިންޓް އުނިކުރެވިދާނެއެވެ. އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ ށ ގައި ބަޔާންކޮށްފައިވަނީ، ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދެއްގައި ޕާކިންގ ވަޔަލޭޝަން ސްޓިކަރ ޖަހާ ހާލަތްތައް ފިޔަވައި، މި ގަވާއިދާ ޚިލާފުވާ ފަރާތްތައް -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާ ކުރެވިދާނޭ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ