މާލެ: 31°C

މަގުމަތީގެ ގަވައިދާ ހިލާފަށް ދުއްވުމަކީ އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލާލުން: ޚުތުބާ

February 24, 2023
2 ފަހަރު ބަލާފައި
މަގުމަތީގެ ގަވައިދާ ހިލާފަށް ދުއްވުމަކީ އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލާލުން: ޚުތުބާ
މަގުމަތީގެ ގަވައިދާ ހިލާފަށް ދުއްވުމަކީ އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލާލުން: ޚުތުބާ
މަގުމަތީގެ ގަވައިދާ ހިލާފަށް އުޅަނދުތައް ދުއްވުމަކީ، އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލާލުން ކަމަށާއި ނަފްސަށް އަނިޔާ ކުރުމަކީ ނަހީ ކުރައްވާފައިވާ ކަމެއްކަމުގައި، މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީން ލިޔެ، ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ކީ ހުކުރު ހުތުބާގައި ބުނީ ދުއްވަން ކަނޑައަޅާފައިވާ ބާރުމިނާ ޚިލާފަށް އެއްގަމު އުޅަނދުތަކާއި ކަނޑުމަތީގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަކީ، ނަފްސު ހަލާކަށް އެއްލައިލުމެކެވެ. ނަފްސުގެ އަގާމެދު އަލިއަޅުވާ ނަފްސުގެ އަގު ނުހިފެހެއްޓުމާއި އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް އެއްލާލުމުގެ ގޯސްކަމާއި މެދު ދަލީލު ދައްކާފައިވާ ހުތުބާގައި ބުނީ، އިންސާނާގެ ނަފްސު ރައްކާތެރިކުރުން ވާޖިބު ކުރައްވާފައިވާ ކަމުގައެވެ. " މަގުމަތީގައި ނުވަތަ ކަނޑުމަތީގައި އެކަކު އަނެކަކާ ވާދަކޮށް ރޭސް ޖެހުމަކީ ވެސް ނަފްސު ހަލާކަށް ހުށަހެޅުމެވެ. އަދި ވަރުބަލިވެ ނިދިއައިސް ތާއްޔާ ޖެހެމުންދާ އިރު ނުވަތަ ތިމާގެ ނަފްސު ކޮންޓްރޯލް ނުކުރެވޭ ހާލަތުގައި މަގުމައްޗަށް ނުކުމެ އުޅުމަކީ ވެސް ނަފްސު ހަލާކަށް އެއްލައިލުން" ހުތުބާގައި ވެއެވެ. ނުރައްކަތެރި ހާދިސާތަކުން ސަލާމަތްވުމަށް ހުތުބާގައި ވަަރަށް ބޮޑަށް ބާރުއަޅާފައިވެ އެވެ. "ވަރުބަލިވެ ނިދިއައިސް ތާއްޔާ ޖެހެމުންދާ ހިނދު، ނުވަތަ ތިމާގެ ނަފްސު ކޮންޓްރޯލް ނުކުރެވޭ ހާލަތުގައި މަގުމައްޗަށް ނުކުމެ އުޅުމަކީ ވެސް ނަފްސު ހަލާކަށް އެއްލައިލުމެކެވެ. ފޯނާ ކުޅެމުން އުޅަނދުފަހަރު ދުއްވަނިކޮށް އެކްސިޑެންޓު ވަނީ ކިހާވަރަކަށް ހެއްޔެވެ؟ މަގުމަތި އޮތީ ހުސްކޮށް ކަމަށް ހީކޮށް ހިސާބަށްވުރެ ބާރަށް ދުއްވަމުންދަނިކޮށް ނުރައްކާތެރި ހާދިސާތައް ހިނގާފައި ހުރީ ކިތައް ފަހަރު ހެއްޔެވެ؟" ހުތުބާގައި ވެއެވެ. އެފަދަ އަމަލުތަކުގެ ސަބަބުން ލޯބިވާ މީހުނާ ވަކިވާން ޖެހުމާ، ބައެއް މީހުން ދުނިޔެއާއި ވަކިވެގެން ދިއުމަކީ ހިތާމަހުރި ކަމެއްކަމުގައި ހުތުބާގައި ބުންޏެވެ. ވިސްނާނުލައި ގަވާއިދާ ހިލާފަށް ސައިކަލް ނުވަތަ ކާރު ދުއްވުމުގެ ސަބަބުން، ގެއްލުމާއި ހަލާކު ކުރިމަތިވަނީ ހަމައެކަނި ތިމާއަކަށް ނޫންކަމުގައާ މިފަދަ ހާދިސާތަކުގެ ސަބަބުން ބައެއް ފަހަރަށް މުޅި އާއިލާ ފަނާވެ ނެތިވެގެންދަކަމުގައި ވެސް ހުތުބާގައި ބުންޏެވެ. "އަމާންކަމާއި ހަމަހިމޭންކަންމަތީ މަގުތައް ބޭނުންކުރުމަކީ ރަހްމާންވަންތަ ރަސްކަލާނގެ އަޅުންގެ ސިފައެކެވެ. މުއުމިނުން މަގުމަތީގައި އެއްޗެހި ދުއްވާން ވާނީ، މީހަކަށް ގޯނާއެއް ތުރާލެއް ނުލިބޭގޮތަށެވެ." ހުތުބާގައި ބުނީ އަމާން ކަމާއެކު މަގުމަތީގައި ދުއްވުމަކީ މުއުމިނުންގެ ސިފައެއްކަމުގައެވެ. މިއަދުގެ ހުތުބާގައި މަގުމަތީގެ ރައްކާތެރިކަމަށް އަލިއަޅުވާފައިވާ އިރު، މިހާރަށް އައިސް ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ހިނގަމުންދެއެވެ. ހާއްސަކޮށް، ސިނަމާލެ ބްރިޖްއާއި ހައިވޭ އަދި އައްޑޫ ލިންކް ރޯޑް ފަދަ ބޮޑެތި މަގުތަކުގައި އެކްސިޑެންޓް ގިނަކަން ފާހަގަ ކުރެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ