މާލެ: 31°C
މަގުމަތީގައި ހުރި ގިނަދުވެސްވެފައިވާ 300 އަށްވުރެ ގިނަ އުޅަނދު ނަގައިފި

މަގުމަތީގައި ހުރި ގިނަދުވެސްވެފައިވާ 300 އަށްވުރެ ގިނަ އުޅަނދު ނަގައިފި

April 2, 2024
2 ފަހަރު ބަލާފައި
މަގުމަތީގައި ހުރި ގިނަދުވެސްވެފައިވާ 300 އަށްވުރެ ގިނަ އުޅަނދު ނަގައިފި
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ގިނަ ދުވަސްވެ، ބޭނުންނުކުރާ އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 300 އަށްވުރެ ގިނަ އުޅަނދެއް ނެގުމަށްފަހު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މި މަސައްކަތުގެ ދަށުން ރޭވެސް މާފަންނުގެ އެކި ސަރަޙައްދުތަކުން 19 އުޅަނދެއް ޓޯ ކޮށްފައިވާ ކަމަށެވެ. https://twitter.com/PoliceMv/status/1774879942582657274 ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްނެގުމުގެ ދަށުން މާލެ ސަރަހައްދުގައި ތޮއްޖެހުން ހައްލުކޮށް އެއްގަމު އުޅަނދުތައް މަދުކުރުމަށްޓަކައި މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.

މިއީ ޓްރާންސްޕޯޓް މިނިސްޓްރީ، ފުލުހުން، މާލޭސިޓީ ކައުންސިލް، އެޗްޑީސީ، ކަސްޓަމްސް، އެމްޓީސީސީ، ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ، ވެމްކޯގެ އިތުރުން އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ހުރި ހުރަސްތަކުން އަރައިގަތުމެވެ. އަދި ގްރޭޓާ މާލޭ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތަކުން މީހުންގެ ފުރާނަ ގެއްލޭ މިންވަރު މަދުކުރުމަށާއި ނުރައްކަލަށް ހުށަހެޅޭ ފަރާތްތައް މަދުކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި އަމާން މާހައުލެއް ގާއިމްކޮށްދިނުމެވެ.

މާލޭގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދުތަކައި ނުދުއްވާ، ބާވެ ހަލާކުވެފައިވާ ވެހިކަލްތައް ހުރުމުގެ ސަބަބުން މަގުތައް ބޭނުންކުރުމަށް ދަތިވެ ޓްރެފިކް ބާރުބޮޑުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ