މަގުމަތީގެ ސަލާމަތަށް، "ފަހި ރާސްތާ"ގެ ނަމުގައި ފުލުހުންގެ ހަރަކާތެއް

މަގުމަތީގެ ސަލާމަތަށް، "ފަހި ރާސްތާ"ގެ ނަމުގައި ފުލުހުންގެ ހަރަކާތެއް
ލިޔުން:
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް "ރައްކާ" ޕްރޮގްރާމްގެ ފަށުން މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށް ހިންގާ "ފަހި ރާސްތާ" ގެ ނަމުގައި ޕްރޮގްރާމްތަކެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު އަސްލަހު ވިދާޅުވީ "ރައްކާ" ކެންޕޭނުގެ ދަށުން ސްކޫލުތަކުގެ ދަރިވަރުންނަށް ހާއްސަ ކޮށްގެން ކުރިޔަށްގެންދާ ޓޮރެފިކް މޮނިޓާރސް ޕްރޮގްރާމަކީ ސްކޫލު ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމާއި މަގުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތަކާއި މަގުމަތީގެ ގަވާއިދުތައް ދަރިވަރުންނަށް އުނގަންނާދިނުމަށް ބޭއްވޭ ޕްރޮގްރާމެއް ކަމަށެވެ. އަދި އެ ކެންޕޭނުގެ ދަށުން އަލަށް ނުކުންނަ ޓެކްސި ޑްރައިވަރުންނަށް ތަމްރީނު ޕްރޮގްރާމެއް ވެސް ކުރިޔަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަސްލަހު ވިދާޅުވީ "ފަހި ރާސްތާ"ގެ މައިގަނޑު މަގްސަދަކީ މަގުމަތީގައި ހިންގާ ނުރައްކާތެރި ހާދިސާތައް މަދުކޮށް، އެކަމުގެެ ސަބަބުން ފުރާނަދޫކުރާ ފަރާތްތަކާއި ބޮޑެތި އަނިޔާތައް ލިބޭ ފަރާތްތައް ރާއްޖޭގައި މަދުވުން ކަމަށެވެ.
"އަޅުދަނޑުމެން ބޮޑަށް މަގުމަތީގައި ދިމާވާ މައްސަލަތަކާއި މިކަންކަން ހައްލުކުރުމާއި ގުޅޭ ޕްރޮގްރާމް ކުރިޔަށް މިދަނީ ފަހިރާސްތާގެ ނަމުގައި. ކުޅުދުފުށީގައި އަޅުގަނޑުމެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމަކީ ސްކޫލު ސަރަހައްދުގައި ބާރު ބޮޑުވާ ސަބަބުތަކާއި ހަމައެހެންމެ މާރުކޭޓު ސަރަހައްދުގައި ބާރު ބޮޑުވާ ސަބަބުތައް ދެނެގަނެ އަދި ނުރައްކާތެރި ހާދިސާތައް ހިންގަން މެދުވެރިވާ ސަބަބުތަކާއި އެކްސިޑެންޓް ވެފަ އޮންނަ މީހަކު އުފުލާނެ ގޮތާއި އުފުލުމުގައި ސަމާލުކަންދޭންޖެހޭ ގޮތްތައް ތަމްރީނު ކޮށްދިނުމަށް" އަސްލަހު ވިދާޅުވިއެވެ.
ފުލުހުން ބުނީ އެ ޕްރޮގްރާމްތަކަކީ ހަފްތާއަކު ދެ ދުވަހަކަށް ބަހާލައިގެން މަގުމަތީގައި އެންމެ ބާރު ބޮޑު ސަރަހައްދެއް ބަލައި، ސަލާމަތާއި ރައްކާތެރިކަން ހޯދައި ދިނުމަށް ކުރިޔަށްގެންދާ ޕްރޮގްރާމްތަކެއް ކަމަށެވެ. އަދި މިހާތަނަށް އެ ޕްރޮގްރާމްތައް ކުރިޔަށްގެންދެވިފައިވަނީ ހަމަ އެކަނި ހަވީރުގެ ވަގުތުތަކުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަސްލަހު ވިދާޅުވީ މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ މީހުންނަށް މި ރަމަޟާންމަހު ހަދިޔާދެމުންދާ ކަމަށާއި ގިނަ ބަޔަކު ގާނޫނާއި ގަވާއިދާ އެއްގޮތަށް އުޅަނދުގައި ހުރިހާ ސްޓިކާތަކެއް ހަމަކޮށްފައި ހުންނަ ކަން ފާހަގަކުރެވޭ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
