މާލެ: 31°C

މަގުތަކުގައި ހުރި ބާ ވެހިކަލްތައް ނަގަން ފަށައިފި

މަގުތަކުގައި ހުރި ބާ ވެހިކަލްތައް ނަގަން ފަށައިފި
September 21, 2024
2 ފަހަރު ބަލާފައި
މަގުތަކުގައި ހުރި ބާ ވެހިކަލްތައް ނަގަން ފަށައިފި
މާލޭ މަގުމަތަކުގައި ގިނަ ދުވަސްވެ، ބާ ވެފައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލާއި ފުލުހުން ފަށައިފި އެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ، އެ ވެހިކަލްތައް ނަގަނީ މާލޭގެ މަގުތައް ތަރުތީބުކޮށް، ރީތިކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށާއި، ނަގާ އުޅަނދުތައް ނިންމަނީ ފުލުހުންގެ ފަރާތުން ކަމަށެވެ. އަދި ކައުންސިލްގެ ދައުރަކީ މިކަމުގައި އެ އިދާރާއަށް އެހީތެރިވުން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.   އެގޮތުން މިހާރު ނަގަމުންދާ ވެހިކަލް ތަކުގެ ތެރޭގައި، އެއް އަހަރުވާއިރުވެސް ބޭނުން ނުކުރާ ވެހިކަލްތައް އެބަހުރި ކަމަށާއި، އޭގެ ތެރެއިން ބައެއް ވެހިކަލް ތަކުގައި އިންޖީނު ވެސް ނެތްކަމަށް ސިޓީީ ކައުންސިލުން ބުންޏެވެ. ސިޓީ  ކައުންސިލުން ބުނީ، އެ ވެހިކަލްތައް ނެގުމަށްފަހު، އެ އޮންނަ އުސޫލެއްގެ ދަށުން ވެރިފަރާތަށް ފުލުހުން އަންގާނެ ކަމަށާއި، އެ ވެހިކަލްތައް ނެގުމަށް ފަހު، ނައްތާލުމުގެ މަސައްކަތް ވެސް ކުރާނެކަމަށެވެ. އެގޮތުން މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށް މިހާރު ފަށާފައިވާ ޕްރޮގްރާމް ހުއްޓާ ނުލާ ކުރިއަށް ގެންދާނެކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ