މާލޭގެ މަގުތައް ކޮނުމާއި މަގުމަތީގައި ކުރާ މަސައްކަތްތަކަށް އަގުނަގަން މާލެ ސިޓި ކައުންސިލުން ނިންމާފައިވާތީ، އެކަން ހުއްޓުވުމަށް ކޯޓަށް ދާނެކަމުގައި ސްޓޭޓް އިލެލްޓްރޮކް ކޮމްޕެނީ ( ސްޓެލްކޯ ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެެވެ.
ސްޓެލްކޯގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ، ސިޓީ ކައުންސިލުން އެ އޫސުލުތައް ކަނޑައެޅުމުގެ ކުރިން މަޝްވަރާކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކޮށްފައި ނުވާކަމަށާއި އެހެން ނަމަވެސް އެވަރުގެ ނިންމުންތައް ނިންމުުމުގެ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާ މަޝްވަރާކުރަން ޖެހޭނެ ކަމަށެވެ. " އުސޫލުގައި ވާގޮތުން، ސިޓީ ކައުންސިލުން މިފަދަ ނިންމުމެއް ނިންމުމުގެ ކުރިން ލޯކަލް ގަވަރްމަންޓް އޮތޯރިޓީއާ ވެސް މަޝްވަރާކުރަން ޖެހޭނެ، އެކަމަކު އަޅުގަނޑު ބެލި ބެލުމުން އެލްޖީއޭއާ މަޝްވަރާ ކޮށްފައި ނުވާކަން އެގޭ " ޝަރީފް ވިދާޅުވިއެެވެ. ރައްޔިތުންނަށް ހިދުމަތްތައް ދިނުމަށް ޓަކއި އާއްމުކޮށް މަގުތައް ކޮނެ ހަދާ ކުންފުނިތަކާއި ވެސް ކަންސިލުން މަޝްވަރާ ކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ނިންމުމުގެ ސަބަބުން ސްޓެލްކޯ ނޫން ، އެހެން ކުންފުނިތަކަށްވެސް ދަތިތަކާ ކުރިމަތި ވާނެ ކަމަށާއި ބައެއް ކަންކަމަށް ނަގާ އަގުތައް 154 ޕަސެންޓުން މަތި ކޮށްފައިވާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ އޭނާ ވިދާޅުވި ގޮތުގައި ކުރިން 30،000 ރުފިޔާ ދައްކަން ޖެހޭ ހިދުމަތްތަކަށް، އާ އުސޫލުގެ ސަބަބުން 80،000 އަށް ވުރެ ގިނައިން މިހާރު ދައްކަން ޖެހެ އެވެ. ސްޓެލްކޯއިން އެ އުސޫލުތައް ގަބޫލުނުކުރާނެ ކަމަށާއި އެ އުސޫލުތައް ބާތިލުކުރަން ކޯޓަށް ދާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މިއީ ބާތިލް އުސޫލުތަކެއް. ސިޓީ ކައުންސިލަށް މިފަދަ ގާނޫނުތަކާ އުސޫލުތައް ހެދޭނީ ލޯކަލް ގަވަމެންޓް އޮތޯރިޓީއާ މަޝްވަރާކޮށްފަ. މި އުސޫލުތައް ބާތިލް ކުރަން ކޯޓަށްދާން ސްޓެލްކޯގެ މެނޭޖްމެންޓްއިން ވަނީ ނިންމާފަ،" ޝަރީފް ވިދާޅުވިއެވެ. ސިޓީ ކައުންސިލުން މިހާރު އަގު ކަނޑައަޅާފައިވާ ގޮތުން މަގުމަތީ ބޯޑު ބަހެއްޓުމަށް ކުރިން 60 ރުފިޔާ، ނެގި އިރު މިހާރު 200ރުފިޔާ ނަގަ އެވެ. އަދި ޕޭވްމަންޓް ކޮންނަނަމަ 25 ރުފިޔާ ، ރޯޑް ބޮލޮކް ނެގުމަށް 100 ރުފިޔާ އަދި ޖަންގްޝަން ނެގުމަށް 300 ރުފިޔާ ކަނޑައަޅާފައިވާ އިރު މިއީ މީގެ ކުރިން އަގުނަގާ ކަންކަމެއްނޫނެވެ. މީގެ އިތުރުން މަގު ބަންދުކުރާ ބޯޑު ބަހައްޓަން ކުރިން 150 ރުފިޔާ ނެގި އިރު މިހާރު 300 ރުފިޔާ ނަގަން މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ޝަރީފް ވިދާޅުވީ، މިފަދަ ކަންކަން ކުރަން ޖެހޭނީ ދުނިޖޭގެ އެހެން ތަންތަނުގައި ވެސް ކޮށްއުޅޭ " ބެސްޓް ޕްރެކްޓިސް" އަށާއި ގާނޫނާއި އެއްގޮތްވާގޮތުގެ މަތިންކަމުގައެވެ. އަދި އެގޮތަށް އެކަން ކުރަން މާލެ ސިޓީ ކައުންސިލަށާއި މޭޔަރަށް ގޮވާލައްވަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.މަގުކޮންނަން ބޮޑު އަގުނަގާތީ ކޯޓަށް ދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މަގުކޮންނަން ބޮޑު އަގުނަގާތީ ކޯޓަށް ދާނެ ކަމަށް ސްޓެލްކޯއިން ބުނެފި
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
