-
މަގުމަތީގައި ކުނި ބަހައްޓާތޯ ބެލުން.
-
ޕެލެޓް ބެހެއްޓުން.
-
މުދަލާއި ތަކެތި މަގުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާތޯ ބެލުން.
-
ޕާކް ކުރުމުގެ މައްސަލަތައް.
-
ޓްރެފިކް (ބާރުބޮޑު ވަގުތުތަކުގައި މަގުތައް ތޮއްޖެހުމުގެ މައްސަލަތައް ހައްލުކުރުން)
-
އިމާރާތް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަ ބެލެހެއްޓުން. ހިނގާ މީހުންގެ ބޮލަށް ގޭގެއިން ފެން ފޭބުން ހައްލުކުރުން.
"މަގު ފާރަވެރިން" ގެ މަސައްކަތަށް އާންމުންގެ ބޮޑު ތަރުހީބެއް

"މަގު ފާރަވެރިން" ގެ މަސައްކަތަށް އާންމުންގެ ބޮޑު ތަރުހީބެއް
ލިޔުން:
"މަގު ފާރަވެރިން" ގެ މަސައްކަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބޭ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މިމަހުގެ 14 ވަނަ ދުވަހުގެރޭ މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވަނީ މާލެ ސިޓީ ކައުންސިލްގެ "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް” އިފްތިތާހްކޮށްދެއްވާފައެވެ.
އެ ޔުނިޓްގެ ދަށުން މާލެ އަދި ވިލިމާލޭގެ މަގުތަކުގައި 16 ގަޑިއިރު އެ ޓީމުން ހަރަކާތްތެރި ވަމުންދަނީ މުނިސިޕަލް މައްސަލަތައް ހައްލު ކުރުމަށެވެ. އަދި ބާޒާރުމަތިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުން ފާހަގަކޮށްލެވޭ މައްސަލަތަކާއި، އާންމު އުނދަގޫ ވާނެހެން ހުރި ކަންކަން އިސްލާހު ކުރުމަށް އެ ޓީމުން ކުރާ މަސައްކަތުގައި އާންމުންގެ ވަރަށްބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މި މަސައްކަތާއި ގުޅޭގޮތުން "މަގު ފާރަވެރިން" ގެ އޮފިސަރ މުހައްމަދު ރަޝީދު ވިދާޅުވެފައިވަނީ މަސައްކަތް ކުރަމުންދާއިރު ބޮޑެތި މައްސަލަތައް ފާހަގަވާ ކަމަށާއި، އެހެންނަމަވެސް ގަވާއިދާ ހިލާފަށް ހުންނަ ކަންކަން ފާހަގަކޮށްދީ ރަނގަޅުގޮތް ބުނެދިނުމުން އާންމުން އެކަމަށް އެއްބާރުލުން ދެއްވާ ކަންކަން އިސްލާހު ކުރަމުންދާ ކަމަށެވެ.
"ދިވެހިންނަކީ މިކަހަލަ ކަންކަމުގަ ވަރަށް އެއްބާރުލުންދޭ ބައެއް، ކަންކަން ރަނގަޅުކުރަން މީގެ ކުރިން އެއްވެސް ބަޔަކު ނުކުމެ ނޫޅޭތީވެ ފަސޭހަކޮށްލާފަ ތިބެނީ. އެކަމަކު ހަމަ ރަނގަޅުގޮތް ބުނެދިނީމަ ގަބޫލުކޮށް ހައްލު ކުރަމުންދަނީ." ރަޝީދު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން މޭޔަރ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޔުނިޓްގެ ދަށުން އޮފިސަރުން ހަރަކާތްތެރި ވަމުންދާނީ މާލެސިޓީ އަކީ މިހާރަށްވުރެ ސާފުތާހިރު އަދި ތަރުތީބުން ދިރިއުޅެވޭނެ ސިޓީއަކަށް ހެދުމަށާއި ތަފާތެއް ގެނެވޭނީ ކޮންމެ ފަރުދަކުވެސް އެމީހެއްގެ ދައުރު އަދާކޮށްގެން ކަމަށެވެ.
[embed]https://twitter.com/MMuizzu/status/1660581869770141697?s=20[/embed]
އޮފިސަރުންނަށް ހަވާލުކޮށްފައިވާ ބައެއް ޒިންމާތައް:
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
