
މަގޫދޫ އެއަރޕޯޓްގެ ރަންވޭ 1800 މީޓަރުގެ ރަންވޭއަކަށް ބަދަލުކުރަނީ
މަގޫދޫ އެއަރޕޯޓްގެ ރަންވޭ 1800 މީޓަރުގެ ރަންވޭއަކަށް ބަދަލުކުރަނީ
ލިޔުން:
ފ. މަގޫދޫ އެއަރޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިފައި ވާއިރު، އެ އެއަރޕޯޓްގެ ރަންވޭ 1800 މީޓަރުގެ ރަންވޭއަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ފ. އަތޮޅަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ ފ. މަގޫދޫ އަށް ވަޑައިގެން، އެރަށެ ކައުންސިލުންނަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރައްވާފައެވެ.
މަގޫދޫ ކައުންސިލް އިދާރާގައި ބޭއްވި އެ ބައްދަލުވުމުގައި އެރަށު ކައުންސިލުން ވަނީ މަގޫދޫއަށް މި ސަރުކާރުން ތަރައްގީއާ ގުޅުންހުރި އެތައް ކަމެއް ކޮށްދީފައިވާކަން ފާހަގަކުރައްވައި، ރައީސްއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގައި ސަރުކާރުންނާއި ދާއިރާގެ މަޖިލިސް މެމްބަރުގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބޭކަން ފާހަގަކުރައްވާފައިވެއެވެ.
އެ ބައްދަލުކުރެއްވުމުގައި، ކައުންސިލްތަކަށް ލިބޭ މާލީ ތަނަވަސްކަން އިތުރުކުރުމާ ގުޅޭގޮތުން ކައުންސިލުން މަޝްވަރާކުރެއްވިއެވެ. އޭގެ އިތުރުން ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާ ގުޅޭގޮތުންނާއި، މަގޫދޫ ސިއްހީ މަރުކަޒުގައި 24 ގަޑިއިރު ހިދުމަތް ދިނުމަށް މިހާރު ހުރި ދަތިތައް ހައްލުކުރުމާއި، ރަށްގިރުމުގެ މައްސަލައާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން ހިމެނެއެވެ.
އެގޮތުން ރައީސް ވިދާޅުވީ ސްކޫލާއި، ސިއްހީ މަރުކަޒަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރުމަށް ހާއްސަ ގޮތެއްގައި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި އަދި މަގޫދޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިޔަށް އޮތްތަނުގައި އިސްކަންދޭ ރަށްރަށުގެ ލިސްޓުގައި ސަރުކާރުން މިހާރު ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކާއި ގުޅިގެން ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
އެ ބައްދަލުވުމަށްފަހު، ރައީސް ވަނީ މަގޫދޫ އެއަރޕޯޓު ތަރައްގީކުރާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި، އެ މަޝްރޫއުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
