
މަދީނާ ޔުނިވަސިޓީގައި ފުރަތަމަ ދިވެއްސަކަށް ޝަހީމް ތަގްރީރު ކުރައްވައިފި
މަދީނާ ޔުނިވަސިޓީގައި ފުރަތަމަ ދިވެއްސަކަށް ޝަހީމް ތަގްރީރު ކުރައްވައިފި
ލިޔުން:
ގިނަ އަދަދެއްގެ ދިވެހި ދީނީ އިލްމުވެރިން ތައުލީމް ހާސިލްކުރެއްވި މަދީނާ އިސްލާމިކް ޔުނިވަސިޓީގައި، ފުރަތަމަ ދިވެއްސަކަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ތަގުރީރު ކުރައްވައިފިއެވެ.
ޝަހީމްއަށް އެ ފުރުސަތު ލިބިވަޑައިގެންނެވީ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ ރައީސްގެ ހައިސިއްޔަތުންނެެވެ. އެއީ ރާއްޖޭގައި އިސްލާމީ ތައުލީމާއި ތަރުބިއްޔަތު ކުރި އެރުވުމަށް އޭނާ އުފެއްދެވި ޖަމިއްޔާ އެކެވެ.
އެ ތަގުރީގުގައި އޭނާ ވަނީ ދަރިވަރުން ވަގުތުގެ ބޭނުން ހިފާނެ ގޮތްތަކާއި، މެދުމިނުގެ އިސްލާމީ މަންހަޖުގައި ހިފުމަށާއި ވަޒީފާއަށް ތައުލީމް ހާސިލް ކުރުމުގެ ބަދަލުގައި އުންމަތަށް ހިދުމަތް ކުރުމުގެ މަގްސަދުގައި ކިޔެވުމަށް އިރުޝާދު ދެއްވާފައެވެ. އޭގެ އިތުރުން ކިޔަވަން އުޅޭ އިރު ދިމާވެދާނެ ހިތްދަތި ކަންކަމާއި އެކަން ކަމާ މެދު ކެތްތެރިވެ، ހިތްވަރުކޮށްފި ނަމަ އިތުރު ހަރުފަތަކަށް ގެންގޮސްދޭނެކަން ވެސް ޝަހީމް ވަނީ ފާހަގަކުރައްވާފަ އެވެ.
އެ ތަގްރީރު އަޑުއެއްސެވުމަށް، މަދީނާ ޔުނިވަސިޓީގެ ވެރިންނާއި ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ހާޒިރުވެފައެވެ.
ޝަހީމް އަކީ އެ ޔުނިވަސިޓީގެ އިސް ދަރިވަރެކެވެ. އަދި އިސް ދަރިވަރުންނަށް ދޭ އެންމެ ޝަރަފްވެރި އެވޯޑު ވެސް އޭނާ އަށް ލިބިވަޑައިގެންފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
