މާލެ: 31°C

މަދޫރީގެ 56 ވަނަ އުފަން ދުވަސް، އަދިވެސް ހަމަ ޒުވާން

May 15, 2023
2 ފަހަރު ބަލާފައި
މަދޫރީގެ 56 ވަނަ އުފަން ދުވަސް، އަދިވެސް ހަމަ ޒުވާން
މަދޫރީގެ 56 ވަނަ އުފަން ދުވަސް، އަދިވެސް ހަމަ ޒުވާން
ބޮލީވުޑްގެ ސުޕަސްޓާ، މަދޫރީ ޑިކްސިޓ ނޭނޭ ގެ 56 ވަނަ އުފަންދުވަސް މިއަދު ފާހަގަ ކުރާ އިރު އޭނާގެ ޒުވާންކަމަށް ގިނަބަޔަކު ތައުރީފްކޮށްފިއެވެ. މަދޫރީގެ އުފަންދުވަހާ ގުޅިގެން އިންޑިއާގެ މެގަޒިން އަކުން ޝާއިއުކުރި ފޮޓޯތަކަކަށް ގިނަބައެއްގެ ތައުރީފް ލިބެމުންދާ އިދު، މީހުން ބުނަނީ އޭނާ އަދިވެސް ޒުވާންކަމުގައެވެ. މަދޫރީ ޑިސްސިޓް ނޭނޭ އަކީ ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑް ފަތަހަކުރި އެއްވަނައިގެ ބަތަލާއެވެ.  މަދޫރީގެ ލަވަތަކާއި ނެށުން ތަަކަކީ ބޮލީވުޑްގެ ހުރިހާ ޒަމާނެއްގެ އެންމެ އައިކޮނިކް ނެށުނަތަކުގެ ގޮތުގައި ފާހަގަވާ ކަމެކެވެ.  1984 ވަނަ އަހަރު ފިލްމު އަބޯދު އިން ފުރަތަމަ ފަހަރަށް ފެނިގެންދިޔަ ފަހުން ބަތަލާ ވަނީ 70 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފައެވެ. [caption id="attachment_89216" align="aligncenter" width="593"] މަދޫރީ ރާއްޖޭގެ ރިސޯޓެއްގައި[/caption]   ޑޮކްޓަރު ނަނޭއާ ކައިވެނި ކޮށްގެން މަދޫރީއަށް ވަނީ ދެކުދިން ލިބިފައެވެ. މަދޫރީއަށް ވަނީ ފިލްމްފެއާގެ ފަސް އެވޯޑާއި އެންމެ މޮޅު ބަތަލާގެ ހަތަރު އެވޯޑާއި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑެއް ލިބިފަ އެވެ. ފިލްމްފެއާގައި އެންމެ ގިނަ ބަތަލާގެ ނޮމިނޭޝަން (13) ގެ ރެކޯޑް އޭނާ ހިފަހައްޓާފައިވެ އެވެ. 2008 ވަނަ އަހަރު އިންޑިއާ ސަރުކާރުން އިންޑިއާގެ ހަތަރުވަނައަށް އެންމެ މަތީ މަދަނީ އެވޯޑް ކަމަށްވާ ޕަދްމާ ޝްރީ ވެސް ލިބިފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ