ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިދުވަސްވަރު އަންނަނީ ޗިކަންގުންޔާ ފެތުރޭ މިންވަރު އިތުރުވަމުންނެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ބުނެފައިވަނީ އެ ބަލީގެ 134 ކޭހެއް މި އަހަރުގެ މިހާތަނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 129 ކޭހެއް ރިޕޯޓުކޮށްފައިވަނީ ހަމައެކަނި މިދިޔަ މަހުގެ ތެރޭގައެވެ.
އެޗްޕީއޭއިން ބުނީ ޗިކުންގުންޔާ ޖެހިގެން އެންމެ ގިނަ ބަޔަކު ރިޕޯޓުކޮށްފައި ވަނީ މާލޭ ސަރަހައްދުން ކަމަށެވެ. އެގޮތުން، މާލޭ ސަރަހައްދުން މި އަހަރު 130 ކޭސް ރިޕޯޓުކޮށްފައިވާއިރު، އަތޮޅުތެރެއިން ރިޕޯޓުކޮށްފައި ވަނީ ހަތަރު ކޭހެވެ. ޗިކަންގުންޔާގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހުޅުހުޅުގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި، ބައެއް ހުޅުހުޅު ދުޅަވުމުގެ އިތުރުން ކުދި ބިހިތަކެއް ނެގުން ހިމެނެއެވެ. އެހެންކަމުން، އެޗްޕީއޭއިން ވެސް ވަނީ ޑެންގީއާއި، ޗިކަންގުންޔާ ފަދަ މަދިރީގެ ޒަރީއްޔާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. ހުން އަންނަ ނަމަ ޕެރެެސެތްމޯލް ނޫން އެހެން ބޭހެއް ބޭނުން ނުކުރެއްވުމަށާއި، ތިން ދުވަސް ތެރޭގައި ހުން ރަނގަޅު ނުވާނަމަ ނުވަތަ އިތުރަށް ގޯސްވާނަމަ ޑޮކްޓަރަށް ދެއްކުމަށާއި ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތުގައި ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ފެން ހަރުލާފަދަ ހުސްފުޅި ނުވަތަ ދަޅުފަދަ ފެދަ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުމަށް އެޗް.ޕީ.އޭ އިން ވަރަށް ބޮޑަށް އިލްތިމާސްކޮށްފައިވެއެވެ.
މަދިރިން ޖެހޭ ބަލިތައް ގިނަވުމާ ގުޅިގެން މާލެއާއި ހުޅުމާލެ ފޮގްކުރަނީ
މަދިރިން ޖެހޭ ބަލިތައް ގިނަވުމާ ގުޅިގެން މާލެއާއި ހުޅުމާލެ ފޮގްކުރަނީ
ލިޔުން:
މި ދުވަސްވަރު މަދިރީގެ ސަބަބުން ޖެހޭ ބަލިތައް ގިނަވުމާ ގުޅިގެން މާލެއާއި ހުޅުމާލޭގައި މަދިރިން ރައްކާތެރިވުމުގެ ގޮތުން ފޮގް ކުރަން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން "އެކްސް" ގައި ކުރި ފޯސްޓެއްގައި ބުނީ މަދިރި އާލާވާފަދަ ތަންތަން ނައްތާލުމަށް އިސްކަމެއް ދިނުމާއެކު، އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ. އަދި މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާ ދުވަސްވަރަކަށްވާތީ، މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ސިޓީގެ އެކި ސަރަޙައްދުތައް ފޮގް ކުރަން ފަށާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އަދި ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ވަނީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ގިނަވުމާ ގުޅިގެން، މާލޭގެ އިތުރުން، ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގް ކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
