މާލެ: 31°C
މެޑަމްގެ އެދުމާ އެއްގޮތަށް، މައާފަށް އެދުމަށް އެމްޑީޕީއާއި މަންދިއާއި ފައްޔާޒުގެ މައްޗަށް އަމުރުކުރުމަކީ ކޯޓަށް ލިބިގެންވާ ބާރެއް ނޫން: ކޯޓްގެ ހުކުމް

މެޑަމްގެ އެދުމާ އެއްގޮތަށް، މައާފަށް އެދުމަށް އެމްޑީޕީއާއި މަންދިއާއި ފައްޔާޒުގެ މައްޗަށް އަމުރުކުރުމަކީ ކޯޓަށް ލިބިގެންވާ ބާރެއް ނޫން: ކޯޓްގެ ހުކުމް

20 ޖުލައި 2025
466 ފަހަރު ބަލާފައި
މެޑަމް ސާޖިދާ މުޙައްމަދުގެ އެދުމާ އެއްގޮތަށް، މައާފަށް އެދުމަށް މަންދި އާއި އެމްޑީއާއި ފައްޔާޒުގެ މައްޗަށް އަމުރުކުރެވެން ނެތްކަމަށާއި އެކަމަކީ ކޯޓަށް ކޮށްދެވޭނެ ކަމެއް ނޫންކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މެޑަމް ސާޖިދާ މުޙައްމަދުގެ އެދުމާ އެއްގޮތަށް، މައާފަށް އެދުމަށް އެމްޑީޕީއާއި މަންދި އާއި ފައްޔާޒުގެ މައްޗަށް އަމުރުކުރެވެން ނެތްކަމަށާއި އެކަމަކީ ކޯޓަށް ކޮށްދެވޭނެ ކަމެއް ނޫންކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެމްޑީޕީގެ މުޒާހަރާއެއްގައި މެޑަމް ސާޖިދާގެ ދަރިކަލެއްގެ އަބުރަށް އަރާގަނެފައިވާ ކަމަށް ބުނެ އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި އެ ޕާޓީގެ އެކްޓިވިސްޓް މަންދީ ޒުބައިރުގެ މައްޗަށް އަބުރުގެ ދައުވާކޮށް އެ ފަރާތްތަކުން އާއްމުކޮށް މާފަށް އެދުމަށް އަމުރުކޮށްދިނުމަށް އެދި މެޑަމްގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި ދައުވާގެ ހުކުމުގައި ބުނެފައިވަނީ، އެކަކު އަނެކަކުގެ ކިބައިން މާފަށް އެދުމާއި، އެކަކު އަނެކަކަށް މާފު ކުރުމަކީ ބުނާ ބަހަކަށްވުރެ ބޮޑަށް އިންސާނީ އިހްސާސެއް ކަމަށްވީ ހިނދު، ގަދަކަމުން މަޖުބޫރުކޮސްގެން މާފަށް އެދުުވުމާއި، ގަދަކަމުން މަޖުބޫރުކޮށްގެން "މަޢާފް" ހޯދުމަކީ "މަޢާފް" ތަބީއަތާއި ހިލާފު ކަމެއް ކަމަށެވެ.

އަދިވެސް އިތުރަށް އެ ހުކުމުގައި ވަނީ، މިހާރު އަމަލުކުރަމުންދާ ޤާނޫނީ އޮނިގަނޑުގެ ދަށުން އެފަދަ ފަރުވާއެއް ނަގައި ދިނުމަކީ ކޯޓްތަކަށް ލިބިގެންވާ ބާރެއް ނޫންކަން އެނގެން އޮތުމުން އާއްމުކޮށް މަައާފަށް އެދުމަށް ދައުވާ ލިބޭ ފަރާތްތަކަށް އަންގައި އަމުރުކޮށްދިނުމަށް އެދިފައިވާ ފަރުވާއަކީ ޝަރީއަތުން ނަގައިދެވޭނެ ފަރުވާއެއް ނޫންކަމަށްވެސް އެ ހުކުމުގައި ކަނޑައަޅާފައި ވެއެވެ.

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް
ހަބަރު

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި
ހަބަރު

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ