މާލެ: 31°C
އެމްއޭސީއެލް އިން ހުޅުލެ ސާފު ކުރުމުގެ ހަރަކާތެއް ފަށައިފި

އެމްއޭސީއެލް އިން ހުޅުލެ ސާފު ކުރުމުގެ ހަރަކާތެއް ފަށައިފި

March 9, 2024
3 ފަހަރު ބަލާފައި
އެމްއޭސީއެލް އިން ހުޅުލެ ސާފު ކުރުމުގެ ހަރަކާތެއް ފަށައިފި
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ސަޅި ހުޅުލެ" ގެ ނަމުގައި މުޅި ހުޅުލެ ސާފުކުރުމުގެ ހަރަކާތެއް މިއަދު ފަށައިފި އެވެ. ހުޅުލެ ސާފުކުރުމަށް އެމް.އޭ.ސީ.އެލް އިން ފެށި މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވާފައިވަނީ އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓާ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު އެވެ. މިއަދު ހެދުނު 8:00 ގައި މި ކެމްޕެއިން ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓާ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ސާފުކޮށް ބޭއްވުމަކީ އެންމެންގެ ޒިންމާއެއްކަމަށާއި އެކަމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދެއްވުމަކީ މުހިއްމު ކަމެއްކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް މިފަދަ އިތުރު ހަރަކާތްތައް ބޭއްވުމަށް އުންމީދު ކުރައްވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. މިހަރަކާތުގައި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި މޯލްޑިވް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ވެސް ވަނީ ބައިވެރިވެފައެވެ. މިއަދު ހެދުނު 8:00 އިން މެންދުރު 12:00 އަށް ކުރިއަށްގެންދާ މި ހަރަކާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުންނާއި ކުންފުނީގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ޖޯޝާއެކީ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. ހުޅުލޭގެ މައިގަނޑު 9 ދިމާލަކަށް ޓީމްތައް ބަހާލައިގެން ކުރިއަށްގެންދިޔަ މިހަރަކާތުގެ މަގްސަދަކީ މުޅި ހުޅުލެ އެއްކޮށް ސާފުކުރުމެވެ. ރާއްޖޭގެ މައި އެއަރޕޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ސާފުކޮށް ބޭއްވުމަށް އެމްއޭސީއެލް އިން މިފަދަ ހަރަކާތްތައް މީގެ ކުރިންވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ