
އެމްއޭސީއެލްގެ މުވައްޒަފުންގެ ބޯނަސްގެ ގޮތުގައި 25،000ރ ދެނީ
އެމްއޭސީއެލްގެ މުވައްޒަފުންގެ ބޯނަސްގެ ގޮތުގައި 25،000ރ ދެނީ
ލިޔުން:
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންގެ އަހަރީ ބޯނަސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 25،000ރ. ދޭން އެ ކުންފުނިން ނިންމައިފި އެވެ.
ފާއިތުވި ތިން އަހަރު ވެސް އެމްއެސީއެލް ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ހަމަހަމަވާ އުސޫލުގެ މަތިން ބޯނަސްގެ ގޮތުގައި 25،000ރ. ވަނީ ދީފައެވެ.
ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްއޭސީއެލް އަށް ފައިދާގެ ގޮތުގައި މިދިޔަ އަހަރު 1.1 ބިލިއަން ރުފިޔާ ލިބިފައި ވާއިރު، އެ ކުންފުނީގައި ތިންހާހެއްހާ މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ.
އަހަރީ ބޯނަސް ދެނީ އަހަރުގެ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރި މުވައްޒަފުންނަށާއި، ހަ މަސް ދުވަހު ވަޒީފާގައި އުޅުމަށް ފަހު، ކެނޑުނު މުވައްޒަފުންނަށް މަސައްކަތްކުރި ދުވަހުގެ މުއްދަތަށް ބަލައިގެންނެވެ.
އާންމުކޮށް އޯގަސްޓު މަހު ދެމުންދިޔަ މި ބޯނަސް ދިނުން ލަސްވުމުގެ ސަބަބުން އެ ކުންފުނީގެ މުވައްޒަފުން ވަނީ އެކަމުގެ ޝަކުވާ ވެސް މީގެ ކުރިން ކޮށްފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
