މާލެ: 31°C
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމާ ގުޅޭ ފޯރަމް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމާ ގުޅޭ ފޯރަމް ފަށައިފި

May 6, 2024
3 ފަހަރު ބަލާފައި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމާ ގުޅޭ ފޯރަމް ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "އެއަރޕޯޓް އެމަރޖެންސީ އެންޑް ރެސިލިއެންސް" ގެ ނަމުގައި ފޯރަމެއް ފަށައިފިއެވެ. ކްރޮސްރޯޑްސް ގައި ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ފޯރަމް ފައްޓަވައި ދެއްވީ މިނިސްޓަ އޮފް ސްޓޭޓް ފޮ ޑިފެންސް މުއާޒް ހަލީމެވެ. މި ފޯރަމްގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުންނާއ،ި ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވައެވެ. މީގެ އިތުރުން، އެއާޕޯޓުގެ އެމަޖެންސީގެ ހާލަތުގައި ޝާމިލުވާ ހުރިހާ ސްޓޭކްހޯލްޑަރުން މަންދޫބުން ވެސް ބައިވެރިވެއެވެ. މި ފޯރަމް ފައްޓަވައި ދެއްވާ ވަހާކަފުޅު ދައްކަވަމުން މުއާޒް ވިދާޅުވ،ީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަކީ ގައުމުގެ އެންމެ މުހިއްމު އިމާރާތްތައް ގާއިމު ކުރެވިފައިވާ ތަން ކަމުގައިވާއިރ،ު އެއާޕޯޓަށް ހާއްސަ ސަލާމަތާއި ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތައް އެޅިފައި ހުރުން މުހިއްމު ކަމަށެވެ. އަދި އެއާޕޯޓުގެ އޮޕަރޭޝަންތަކުގައި އަވަސް އެމަޖެންސީ ރެސްޕޮންސް ކަށަވަރު ކުރުމަށާއ،ި ވިލުންވެރިކަން ދެމެހެއްޓުމަށްޓަކައި ސްޓޭކް ހޯލްޑަރުންގެ މެދުގައި ކޯޑިނޭޝަން ވަރަށް މުހިންމުކަން ފާހަގަކުރެއްވިއެވެ.   ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވ،ީ ވީއައިއޭގެ ފަސިންޖަ ޓްރެފިކް އިތުރުވެ، މުޅި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެއާޕޯޓުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާއިރ،ު މިމަޝްރޫއުތަކުގެ ހުރިހާ މަރުހަލާތަކެއްގައި ވެސް ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އެމްއޭސީއެލުން ބުނީ މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ވީއައިއޭގައި ސަލާމަތީ ކަންކަން ހަރުދަނާ ކުރުމާއ،ި ދިމާވެދާނެ ކުއްލި ހާލަތަކަށް އިޖާބަ ދިނުމުގައި މިހާރަށް ވުރެ ބޮޑަށް ތައްޔާރުވ،ެ އެކަމަށް ހުރިހާ ސްޓޭކްހޯލްޑަރުން އެކުގައި މަސައްކަތްކުރުން ހަރުދަނާ ކުރުން ކަމަށެވެ. އަދި މި ފޯރަމްގައި ސެކިއުރިޓީއާއި އެމަޖެންސީ ހާލަތްތަކުގައި އެކި މުއައްސަސާތަކުން އަދާކުރާ ދައުރާއި ބެހޭގޮތުން އެ މުއައްސަސާތަކުން މައުލޫމާތު ހުށަހަޅައިދޭނެ ކަމަށާއި ސެކިއުރިޓީ އެމަޖެންސީ ޓޭބަލްޓޮޕް އެކްސަސައިޒެއް ވެސް ކުރިޔަށް ގެންދާނެ ކަމަށެވެ. "އެއަރޕޯޓް އެމަރޖެންސީ އެންޑް ރެސިލިއަންސް ފޯރަމް 2024" އަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލަމަތާއި ރައްކާތެރިކަން ހަރުދަނާކޮށް ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމަށް އެމްއޭސީއެލުން ބޭއްވި މިފަދަ ފުރަތަމަ ފޯރަމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ