މާލެ: 31°C
އެމްއޭސީއެލްގެ 10 މުއައްޒަފަކަށް ހައްޖަށްދިއުމުގެ ފުރުސަތު ދީފި

އެމްއޭސީއެލްގެ 10 މުއައްޒަފަކަށް ހައްޖަށްދިއުމުގެ ފުރުސަތު ދީފި

May 9, 2024
3 ފަހަރު ބަލާފައި
އެމްއޭސީއެލްގެ 10 މުއައްޒަފަކަށް ހައްޖަށްދިއުމުގެ ފުރުސަތު ދީފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ 10 މުއައްޒަފަކަށް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު އެކުންފުނިން ދީފިއެވެ. މިކަމަށްޓަކައި ހުޅުލޭ އައިލެންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެމްއޭސީއެލްގެ ހަރަދުގައި ހައްޖުގެ އަޅުކަން އަދާކުރާނެ މުއައްޒަފުން ހޮވައި އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ. ހައްޖައް ދިއުމަށް ހޮވުނު މުއައްޒަފުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޑަރ އިބްރާހިމް ޝަރީފު މުހައްމަދެވެ. އެމްއޭސީއެލުން އަންނަނީ ކޮންމެ ފަހަރަކުވެސް އެކުންފުނީގެ ހަރަދުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް މުއައްޒަފުން ފޮނުވަމުންނެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޑަރ އިބްރާހިމް ޝަރީފް ވިދާޅުވީ، އެމްއޭސީއެލްގެ ހަރަދުގައި މުއައްޒަފުން ހައްޖަށް ފޮނުވުމަކީ އެކުންފުނިން ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށެވެ. މިގޮތުން ކޮންމެ އަހަރަކުވެސް މަދުވެގެން 10 މުއައްޒަފުން ފޮނުވުމަކީ ކުންފުނީގެ އަމާޒެއް ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. https://twitter.com/MACLmedia/status/1788484967925756142 އެމްއޭސީއެލްގެ ހަރަދުގައި މުއައްޒަފުން ހައްޖަށް ފޮނުވުމުގައި އެންމެ އިސްކަމެއްދެނީ ކުންފުނީގައި އެންމެ ގިނަދުވަހު ހިދުމަތްކުރި މުއައްޒަފުންނަށެވެ. އެމްއޭސީއެލުން އެންމެ ފުރަތަމަ އެކުންފުނީގެ ހަރަދުގައި މުއައްޒަފަކު ހައްޖުގެ އަޅުކަން އަދާކުރުމަށް ފޮނުވާފައިވަނީ މީގެ 26 އަހަރުކުރިން 1998 ވަނަ އަހަރުއެވެ. އެމްއޭސީއެލްއަކީ މުއައްޒަފުންނަށް އެންމެބޮޑު ހޭދައެއްކުރަމުން އަންނަ ސަރުކާރުގެ އެއް ކުންފުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ