މާލެ: 31°C

މާރާމާރީ ހިންގިކަމުގެ ތުހުމަތުކުރެވޭ ފައިހް އާއި އޭނާ ފޮރުވިކަމަށް ބުނާ ދެމީހެއްގެ މައްޗަށް ދައުވާކޮށްފި

މާރާމާރީ ހިންގިކަމުގެ ތުހުމަތުކުރެވޭ ފައިހް އާއި އޭނާ ފޮރުވިކަމަށް ބުނާ ދެމީހެއްގެ މައްޗަށް ދައުވާކޮށްފި
May 31, 2023
2 ފަހަރު ބަލާފައި
މާރާމާރީ ހިންގިކަމުގެ ތުހުމަތުކުރެވޭ ފައިހް އާއި އޭނާ ފޮރުވިކަމަށް ބުނާ ދެމީހެއްގެ މައްޗަށް ދައުވާކޮށްފި
ތޫނުހަތިޔާރު ބޭނުންކޮށްގެން އިއްޒުއްދީން މަގުގައި ހުންނަ ކެފޭ ޑިޕަބްލިކް ތެރޭގައި މާރާމާރީ ހިންގައި މީހަކަށް ހަމަލާދިން މައްސަލައިގެ ތުހުމަތު ކުރެވޭ އިބްރާހިމް ފައިހު ނިޡާމު ފުލުހުންނަށް ފޮރުވައިގެން ގެންގުޅުނު ކަމަށް ބުނާ ދެ މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކޮށްފި އެވެ. ޕީޖީ އޮފީހުން ބުނީ، ފައިޙް ހައްޔަރުކުރިއަ ނުދިނުމަށްޓަކައި ފޮރުވައިގެން ގެންގުޅުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ. އެގޮތުން ދައުވާކުރަން ފޮނުވީ ލ. ގަން، ތުނޑި، ނެވަރކޯން، ޢަބްދުﷲ ޖުނައިދު އާއި، ރ. ކަނދޮޅުދޫ، ފީރޯޒުގެ، މުޙައްމަދު ޝަބީބްގެ މައްޗަށް ކަމަށް ޕީގީން ވަނީ ބުނެފައެވެ. ޕީޖީން ބުނީ، މި ދެމީހުންގެ މައްޗަށް ކޮށްފައިވަނީ، މީހަކު ހައްޔަރުކުރިއަނުދިނުމަށް، ކުށްކޮށްފައިވާ މީހާ ތަނެއްގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ކަމަށެވެ. ފައިހުގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ގައިގައި އަތްލުމުގެ ދައުވާއެވެ. މީގެ އިތުރުން ޕީޖީ އޮފީހުން ބުނީ، އެ މާރާމާރީއާ ގުޅިގެން ހ. ދިއްގާމާގެ، އަލީ ފާރިޝްއާއި، މއ. އާދިއްޕަރު، މާއިން މުހައްމަދު އަޒީމްގެ މައްޗަށްވެސް، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ ކުރުމަށް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. މާރާމާރީ ހިންގުމަށް ފަހު، ފިލައިގެން އެއްމަސް ދުވަހު އުޅުމަށް ފަހު އަމިއްލައަށް ފުލުހުންނާ ހަވާލުވި ފައިހް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ