މާލެ: 31°C

މާރާމާރީ ހިންގި ދެމީހަކު ހައްޔަރުކޮށްފި

January 25, 2025
672 ފަހަރު ބަލާފައި
މާރާމާރީ ހިންގި ދެމީހަކު ހައްޔަރުކޮށްފި
މި މަހުގެ 15 ވަނަ ދުވަހު ސެނަހިޔާ ހޮސްޕިޓަލް ބިތްދޮށުގައި އޮންނަ ރަތްވިލާ މަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި އިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، އެ މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

މި މަހުގެ 15 ވަނަ ދުވަހު ސެނަހިޔާ ހޮސްޕިޓަލް ބިތްދޮށުގައި އޮންނަ ރަތްވިލާ މަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި އިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، އެ މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

ސެނަހިޔާ ހޮސްޕިޓަލު ކައިރީގައި ޒަހަމްތަކަކާއެކު އޮއްވައި މީހަކު ފެނުނު ވާހަކަ ފުލުހުން ވަނީ މީގެ ކުރިން މީޑިއާ ހިއްސާކޮށްފަ އެވެ. އެ މައްސަލާގައި އޭރު ފުލުހުން ބުނީ އެ މީހާއަށް ސެނަހިޔާގައި ފަރުވާދީ، މައްސަލަ ބަލަމުންދާ ކަމަށެވެ.

ފުލުހުން ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގައި ނޫސްވެރިއަކު ސުވާލުކުރުމުން, މި މަހު ހިނގި ގޭންގު މާރާމާރީގެ ދެ ކޭސްއެއްގެ މައުލޫމާތު ފުލުހުން ވަނީ ހިއްސާކޮށްފަ އެވެ. ފުލުހުން މިއަދު ބުނީ ސެނަހިޔާ ކައިރިން ޒަހަމްތަތަކާއެކު ފެނުނު މީހާގެ ކޭސް އަކީ ގޭންގު މާރާމާރީއެއް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާ އަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ހެނދުނު 8:17 އެހާކަންހާއިރު ކަމަށެވެ.

އެ މައްސަލާގައި ފުލުހުންގެ ހައްޔަރަށް ގެންދިޔަ 2 މީހުންނަކީ:

ހ. ރޯޒެންޑޭލް، ސަފްވާން ޒުފްރަތު (29އ)
ށ. ފޭދޫ، އުދަރެސް، އަލީ ނާޝީދު (34އ)


މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އެތަނުން އެކަކު ހައްޔަރުކުރީ ހަމަލާދިންތާ 5 ދުވަސް ފަހުން، ހުސްވި ހަފްތާގެ ހޯމަ ދުވަހު އެވެ. ދެވަނަ މީހާ ހައްޔަރުކުރީ ޖެހިގެން އައި އަންގާރަ ދުވަހު ކަމަށެވެ.

އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުން ވެސް 5 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ރޭވެސް މާރާމާރީއެއް ހިންގައި ފިހާރައެއް ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމު ކޮށްލާފައިވެ އެވެ. އެ މާރާމާރީގައި އަނިޔާ ލިބުނު މީހާއަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލާފަ އެވެ.

އެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. މައްސަލަ ފުލުހުންގެ ގޭންގް ކްރައިމް އިންވެސްޓިގޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ