މާލެ: 31°C

މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް އައިއެމްއެފުން އަނެއްކާވެސް ގޮވާލައިފި

February 13, 2025
163 ފަހަރު ބަލާފައި
މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް އައިއެމްއެފުން އަނެއްކާވެސް ގޮވާލައިފި
މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ގޮވާލައިފި އެވެ.

މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ގޮވާލައިފި އެވެ.

ކުރިއަށްގެންދިޔަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސޯދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ ބައްދަލުވުމުގައި އައިއެމްއެފްގެ ވަފުދުން ވަނީ އެމީހުންގެ ދިރާސާތަކުގެ މައުލުމާތު ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން އައިއެމްއެފް ވަފުދުގެ ބޭފުޅުން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާއިރު އެއާޕޯޓުގެ އާ ޓާމިނަލާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

މިއާއެކު ރާއްޖޭގެ އިގްތިސާދުވެސް ކުރިއަރާނެކަން ފާހަގަކޮށް އެ ވަފުދުން ބުނެފައިވަނީ މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން މިހާރު ވެސް މާބޮޑަށް ލަސްވެއްޖެ ކަމަށެވެ. އަދި ފިޔަވަޅުތައް އެޅުން ލަސްވެއްޖެނަމަ ދަރަނި އިތުރަށް ބޮޑުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް މިހާރުވެސް މަޑުޖައްސާލާފައިވާކަން ފާހަގަކޮށް އެ ވަފުދުގެ ބޭފުޅުން ވިދާޅުވީ އެއީ ރަނގަޅު ނިންމުމެއް ކަމަށާއި ބޮޑު އިސްކަމެއް ދޭންވީ މާލީ ހާލަތު ރަނގަޅު ކުރުމަށް ކަމަށެވެ. މީގެއިތުރުން ސަބްސިޑީ ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލުތައް ވީހާވެސް އަވަހަކަށް ތަންފީޒުކުރުމަށް ވެސް ގޮވާލެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ