
މާފުށީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
މާފުށީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
ލިޔުން:
ކ. މާފުށީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.
މި މާރާމާރީ އާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިނިވަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ، މާފުށީގައި މާރާމާރީ އެއްގައި އަނިޔާ ލިބިފައިވާ މީހަކަށް މާފުށީ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ރޭފަތިހު 5:30 އެހާކަންހާ އިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވެފައި ވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ފުލުހުން ބުނީ އެމީހާ އަށް މިހާރު ދަނީ ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށެވެ.
ފުލުހުން ބުނީ، މާފުށީގައި މިއަދު އިތުރު މާރާމާރީ އެއް ހިނގާފައިވާ ކަމަށާއި، މި މާރާމާރީއާ ގުޅިގެން ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި ހައްޔަރުކޮށްފައިވާ ދެ މީހުނަކީވެސް ފަތިހު ހިނގިމާރާމާރީ ގައި ބައިވެރިވި ބައެއްކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިމައްސަލަ ދަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުން ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
