މާފުށީ ޖަލުގެ ގައިދީންނަށް ކަަރަންޓު ވަޔަރުކުރަން ދަސްކޮށްދިނުމުގެ އާ ބުރެއް ފަށައިފި

މާފުށީ ޖަލުގެ ގައިދީންނަށް ކަަރަންޓު ވަޔަރުކުރަން ދަސްކޮށްދިނުމުގެ އާ ބުރެއް ފަށައިފި
ލިޔުން:
ގައިދީންނަށް ތައުލީމާއި ހުނަރު އުނގަންނައިދިނުމުގެ ޕްރޮގްތާމުގެ ތެރެއިން މާފުށީ ޖަލުގައި ހިންގާ ކަރަންޓް ވަޔަރުކޮށްދޭން ދަސްކޮށްދޭ ކޯހުގެ އާ ބުރެއް ފަށައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ ފަސްހަފްތާގެ މުއްދަތަށް ހިންގާ "ސެޓްފިކެޓް ލެވެލް 1 އިން ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން " ގެ ނުވަ ވަނަ ބެޗް ފެށީ 24 ފިރިހެން ގައިދީން ބައިވެރިކޮށްގެން ކަމަށެވެ.
އެ ކޯހުގެ މަގުސަދަކީ ކޯހުގެ ބައިވެރިންނަށް ކަރަންޓު ވައިރުކުރުމާއި ބެހޭ މައުލޫމާތު ދިނުމާއި، ވައިރު ކުރުމުގައި ބޭނުންކުރާ އާލާތްތަކާއި ތަކެތި ކިޔައިދީ، ކަރަންޓް ވައިރު ކުރުމުގައި ވިސްނަންވީ ކަންތައްތައް އަންގައިދީ، ބޭސިކް ކަރަންޓު ވައިރު ކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ އިތުރުން ޖަލުން ނުކުތުމަށްފަހު، އާންމު ދިރުއުޅުމުގައި އުޅޭއިރު އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތެއް ދަސްކޮށްދިނުން ކަމަށް ވެސް ކަރެންޝަނުން ބުނެޏެވެ.
މީގެ ކުރިންވެސް ގައިދީންނަށް އެކިކަހަލަ ކޯސް ހިންގާ މުޖުތަމައުއަށް ބޭނުން ހިފޭ މީހުނަށް ހެދުމުގެ މަސައްކަތް ކަރެންޝަނުން އަންނަނީ ކުރަމުންނެވެ. އޮގޮތުން ހިންގާ ރިހިބިލިޓޭޝަން ފްރޭމްވޯކްގެ ދަށުން ހަތަރު ފޭސް އަކަށް ބަހައިގެން ތަމްރީނުދެއެވެ.
އެއީ ފޭސް 1 “ޑިސިޕްލިން”، މި ބައި ފުރިހަމަކުރާ ގައިދީން ދެން ބައިވެރި ކުރަނީ ފޭސް 2 “ސައިކޮލޮޖީ ޕްރޮގްރާމްތައް” އެވެ. އަދި ފޭސް 3 އާއި 4 އަކީ “އެޑިއުކޭޝަން އަދި ވޮކޭޝަން” ދަސްކޮށްދޭ ފޭސްއާއި “ޕްރިޒަން ކޮމިއުނިޓީ ސަރވިސް” އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
