
މާފުށި ޖަލުގައި ދަންޖެހުނު ގައިދީގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަން ފަށައިފި
މާފުށި ޖަލުގައި ދަންޖެހުނު ގައިދީގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަން ފަށައިފި
ލިޔުން:
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި ދަންޖެހިގެން މަރުވި ގައިދީގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.
މަރުވެފައި ވަނީ ގ. އެއްތެޔޮމާގޭ އުމުރުން 62 އަހަރުގެ އަބްދުލް އަނީ އިސްމާއީލް އެވެ.
އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހާދިސާ ހިނގިކަން އެނގުމާއެކު ކޮމިޝަންގެ ރެޕިޑް ރެސްޕޯންސް ޓީމުން މާފުށީ ޖަލަށް ޒިޔާރަތްކޮށް ތަހްގީގް ފަށާފައިވާ ކަމަށާއި، މީގެ ތެރޭގައި ގައިދީގެ ހަށިގަނޑު ބެލުމާއި، ސީސީޓީވީ ފޫޓޭޖް ބެލުމަށްފަހު ގޮޅިތަކުގައި ތިބި ގައިދީންނާއި، އޮފިސަރުންގެ ފަރާތުން މައުލޫމާތު ހޯދާއި ކަމާ ގުޅޭ ލިޔެކިޔުން ދިރާސާކޮށްފައިވާނެ ކަމަށެވެ.
ކަރެކްޝަންސްއިން ބުނީ، އަންގާރަ ދުވަހު ހެނދުނު 6:52 ގައި އަބްދުލް ޣަނީ އިސްމާއީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ ވަނީ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާއި، ޑޮކްޓަރު އޭނާ މަރުވެފައިވާކަމަށް ކަނޑައެޅީ 7:21 އެހާކަންހާ އިރު ކަމަށެވެ.
ކަރެކްޝަންސް އިން ބުނީ އަބްދުލް ޣަނީ އިސްމާޢީލް ނިޔާވުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާނެ ކަމަށެވެ.
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވައ،ި ހުކުމް ތަންފީޒް ކުރަން ފެށީ މި އަހަރުގެ މާރިޗް މަހުގެ 24 ވަނަ ދުވަހުގައެވެ. "މިނިވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އޮންނަނީ ޖަލުގެ 11 ވަނަ ޔުނިޓުގައި ވަކިން އެކަނި ގޮޅިއެއްގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
