މާލެ: 31°C
މާފަރުގައި 249 ރާފުޅި ނައްތާލައިފި

މާފަރުގައި 249 ރާފުޅި ނައްތާލައިފި

July 31, 2023
2 ފަހަރު ބަލާފައި
މާފަރުގައި 249 ރާފުޅި ނައްތާލައިފި
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ނ. މާފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ. ފުލުހުން ބުނީ މި މަހުގެ 27 ގައި ނައްތައިލީ 249 ފުޅި ބަނގުރަލާއި 104 ދަޅު ބިޔަރެވެ. މި ތަކެއްޗަކީ މި އަހަރުގެ މާޗް 3 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދިޔަ ޓޫރިސްޓުންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެއްޗެވެ. ބަނގުރާ ނައްތާލުން ކުރިއަށް ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރާއި އަދި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. މީގެ ކުރިން ވެސް އެކި ފަހަރު މަތިން މާފަރުގައި ގިނަ އަދަދެއްގެ ރާ ފުޅިތަކާއި ބިއަރު ދަޅުތަކެއް ނައްތާލާފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ