
މާފަރު އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
މާފަރު އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ލިޔުން:
މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ބޮޑުކުރުން ހިމެނޭ ގޮތުން އެ އެއާޕޯޓް ބޮޑުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި އެއް އަހަރުދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 27.1 މިލިޔަން ޑޮލަރުގެ އަގަކަށެވެ.
އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީއާއި އެމްޓީސީސީން ސޮއިކުރީ އެކަމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. ޕްލޭނން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރް ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
މާފަރު އެއާޕޯޓްގެ ރަންވޭ ބޮޑުކުރަނީ ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ބޯއިން 777 މަރުކާގެ މަތިންދާބޯޓްތައް ޖެއްސޭ ވަަރަށެވެ. އެ މަސައްކަތް ކުރަން ނިންމައި، އެކަމުގެ ސަބަބުން ތިމާވެށްޓަށް ކޮށްފާނެ އަސަރުތައް ބަލަން އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގައި އެދުމުން، ހެދި ސާވޭއަށް ފަހު އެ އެޖެންސީން ފުރަަަތަމަ ނިންމީ އެ ހުއްދަ ނުދޭށެވެ.
އެހެން ނަމަވެސް ޝަރުތުތަކަކާ އެކު އެ މަސައްކަތް ކުރިއަށް ގެންދަން އީޕީއޭއިން ފަހުން ހުއްދަ ދިނެވެ. އީޕީއޭއިން 2020 ވަނަ އަހަރު އެ ހުއްދަ ދިނުމާއި އެކު އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ހަމަ އޭރު އިއުލާނު ކުރި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
