
މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ލިޔުން:
މީގެ ކުޑައިރުކޮޅެއް ކުރިން މ.ހަލީޖު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ އެ ގޭ އެންމެ ތިރީ ފަންގިފިލާގެ ވައިގޮޅީގައެވެ. މި ހާދިސާގައި ރޯވެފައިވަނީ އެތަނުގައި ހުރި ކުނިތަކެއްގައެވެ.
މި ހާދިސާއާ ގުޅޭގޮތުން މިނިވަންއަށް މައުލޫމާތު ދެމުން ހަލީޖު ގޭގައި ދިރިއުޅޭ މީހަކު ބުނީ އަލިފާން ރޯވިކަމަށް ބެލެވެނީ މަތިން އެއްލާލި ސިނގިރޭޓް ބުރިއަކުންކަމަށް ބެލެވޭކަމަށެވެ. އަލިފާން ރޯވިތާ މާ ގިނައިރުތަކެއް ނުވެ، އެ ގޭ ކައިރީ ހުންނަ ގަރާޖުން މީހަކު ފޯމް ފުޅިއެއް ހިފައިގެން އައިސް އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ފެށިކަމަށް އޭނާ ބުންޏެވެ.
އަލިފާންގަނޑު ނުފެތުރެނީސް ނިއްވާލާފައިވާއިރު، މި ހާދިސާގެ ސަބަބުން މީހަކަށް މާބޮޑު ގެއްލުމެއް ނުވެއެވެ. ނަމަވެސް ތިރީ ފްލޯގައި އުޅޭ ބައެއް މީހުނަށް ދުމުގެ އަސަރު ވަނީ ކޮށްފައެވެ. މީގެ ތެރޭގައި ތިން މަހުގެ ތުއްތު ކުއްޖަކު ހިމެނެއެވެ. މި ހާދިސާ ހިނގުމާއެކު ކުއްޖާގެ މަންމަ ވަނީ އޭނާ ގޮވައިގެން ވަގުތުން ބޭރަށް ނިކުމެފައެވެ.
" އަޅުގަނޑު ނިކުމެ އަލިފާން ރޯވެއްޖެއޭ ކިޔާފަ ގޮވާލިއަޑަށް މިތާ ކުރިމަތީ ގަރާޖުން މީހަކު އަލިފާން ނިއްވާ ފުޅިއެއް ހިފައިގެން އައިސް އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ފަށައިފި. ނަސީބެއް ދަންވަރުގެ ވަގުތަކަށް ނުވިކަން. އެހެން ނޫންނަމަ ނޭނގޭ ވާނެ ގޮތެއްވެސް" މިނިވަން އާ ވާހަކަދެއްކި މީހާ ބުންޏެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފް ފަޔާ ފައިޓަރުންވެސް ވަނީ އެތަނަށް އައިސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިނިވަންއަށް މައުލޫމާތު ދެމުން އެގެއިން ވާހަކަ ދެއްކި މީހާ ބުނީ މީގެ ކުރިންވެސް ސިނގިރޭޓް ބުރިއެއް އެއްލައިގެން މިފަދަ ހާދިސާއެއް ހިނގާފައިވާކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
