މާލެ: 31°C
މާފަންނު ގެއެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި

މާފަންނު ގެއެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި

April 10, 2024
3 ފަހަރު ބަލާފައި
މާފަންނު ގެއެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެ، އަނދަމުންދަނީ ކެނެރީމަގުގައި ހުންނަ މ.ރަބީއުވިލާގައެވެ .އަލިފާން ރޯވެފައިވަނީ އެ ގޭގެ 4 ވަނަ ފަންގިފިލާގައެވެ. މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވީ ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދާ ތަނެއްގައެވެ. އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާއިރު، އެ އިމާރާތުގެ ކައިރީ އުޅުނު މީހުން މިހާރު ވަނީ ރައްކާތެރި ހިސާބަށް ބަދަލުކޮށްފައެވެ. މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 20:19 ހާއިރުކަމަށެވެ. ރަބީއުގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވަނީ 21:12 އެހާއިރުއެވެ. https://twitter.com/MNDF_Official/status/1778096347666911567 އެމްއެންޑީއެފުން ބުނީ މި ހާދިސާގައި މީހަކަށް އެއްވެސް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައި ނުވާކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގިތަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.،މުހައްމަދު މުއިއްޒުވެސް ވަނީ މީގެ ކުޑައިރުކޮޅެއްކުރިން ޒިޔާރަތްކޮށް ތަނުގެ ހާލަތު އަމިއްލަފުޅަށް ބައްލަވާލައްވާފައެވެ. https://twitter.com/MvCrisis/status/1778100692064018681 ފުލުހުން މިހާރު ވަނީ ރަބީއުވިލާ ހުންނަ މަގު އާއްމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، އަލިފާނުގެ ހާދިސާ ގައި އެ ގެއަށް ލިބިފައިވާ ގެއްލުމުގެ ފުރިހަމަ އިންސްޕެކްޝަނެއް ހަދައި ރައްކާތެރިކަން ކަށަވަރު ކުރެވެންދެން، އެމަގު އާންމު ދަތުރު ފަތުރަށާއި އެ މަގުގެ ގެތަކުގައި ދިރިއުޅޭ މީހުން ފިޔަވައި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ބަންދުކުރެވިފައިވާކަމަށެވެ. މިރޭ އަލިފާނުގެ ހާދިސާ ހިނގި ގޭގައި މީހުން ދިރިނޫޅޭކަމަށް އެ ސަރަހައްދުގައި އުޅޭ ފަރާތްތަކުން ބުނެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ