
މާދަމާއިން ފެށިގެން ވޭޕު ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމަކީ ބޮޑު ކުށެއް!
މާދަމާއިން ފެށިގެން ވޭޕު ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމަކީ ބޮޑު ކުށެއް!
ލިޔުން:
ދުންފަތް ބޭނުންކުރުން ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާ އެކު މާދަމާއިން ފެށިގެން ރާއްޖޭގައި ވޭޕް ވިއްކުމާއި ބޭނުންކުރުމުގެ އިތުރުން ގެންގުޅުން މަނާވާނެ އެވެ. އަދި އެކަމަކީ ކުށެއްކަމުން އެކަމަށް އެ ގާނޫނުގައި ކަނޑައެޅިފައިވާ އަދަބުތަކެއް ވެސް ވަނީ ކަނޑައެޅިފައެވެ.
ވޭޕް ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުން މަނާކޮށް، ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެވުނު ބަދަލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްްވީ މިދިޔަ މަހުގެ 13 ވަނަ ދުވަހެވެ.
މި ބިލް ރައީސް ތަސްދީގު ކުރެއްވުމާއެކު ރާއްޖެއަށް ވޭޕް އާއި ވޭޕް ކުރުމަށް ބޭނުންވާ ތަކެތި އެތެރެ ކުރުން އޮތީ މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާވެފައެވެ. އަދި ޑިސެމްބަރު (މި މަހުގެ) 15 ވަނަ ދުވަހުން (މާދަމާ) އިން ފެށިގެން ވޭޕް ވިއްކުމާއި ބޭނުން ކުރުން އަދި ގެންގުޅުންވެސް މަނާވާނެ ކަމަށް އެ އިސްލާހުގައި ވެއެވެ.
އަދި ޤާނޫނާ ޚިލާފުވެއްޖެ ނަމަ ބޮޑު ޖޫރުމަނާއެއް ދައްކަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
މިގޮތުން އެ ގާނޫނުގައި ކަނޑައެޅިފައިވާ އަދަބު ތަކުގެ ތެރޭގައއި
1. ވޭޕާއި ވޭޕް ކުރަން ބޭނުން ކުރާ ތަކެތި ރާއްޖެއަށް އެތެރެ ކޮށްފިނަމަ، އެތެރެ ކުރި މީހަކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރުން
2- އެތެރެ ކުރާ ކޮންމެ ވޭޕަކަށް އިތުރު 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރުން
3- ރާއްޖޭގައި ވޭޕް ވިއްކާ ކޮންމެ މީހަކަށް 20،000 ރުފިޔާގެ ޖޫރިމަނާއެއްގެ އިތުރުން އަދި ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރުން
4- ހިލޭ މީހަކަށް ވޭޕެއް ދީފިނަމަ 10،000 ރުފިޔާގެ ޖޫރިމަނާ ކުރުން
5- ވޭޕް ބޭނުން ކުރާ މީހަކު 5،000 ރުފިޔާއިން ޖޫރިމަނާކުރުން ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
