މާލެ: 31°C

މާދަމައަކީ ފިތުރު އީދު ދުވަސް

March 29, 2025
310 ފަހަރު ބަލާފައި
މާދަމައަކީ ފިތުރު އީދު ދުވަސް
މާދަމައަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ހަނދު ސާބިތުކުރާ ކޮމެޓީން މިރޭ ކަނޑައަޅައިފި އެވެ.

މާދަމައަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ހަނދު ސާބިތުކުރާ ކޮމެޓީން މިރޭ ކަނޑައަޅައިފި އެވެ.

ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް ބޭއްވި ހާއްސަ ޖަލްސާއަށްފަހު އިސްލާމިކް މިނިސްޓްރީން އާންމުކުރި ހަނދާ ބެހޭ ގަރާރުގައި ބުނެފައިވަނީ ރާއްޖޭގެ އެއްވެސް ރަށަކަށް މިރޭ ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވި ނަމަވެސް އިސްލާމީ ބައެއް ގައުމުތަކަށް ޝައްވާލު މަހުގެ ހަނދު ފެނިފައިވާ ކަމަށް ރަސްމީކޮށް އެ ކޮމެޓޯއަށް އެނގިފައިވާތީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގައި ރާއްޖެއިން އަމަލު ކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތީން މިއަދަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށާ މި އަހަރުގެ ފިތުރު އީދު ދުވަހަކީ މާދަމާ (30 މާރިޗް 2025) ކަމަށް ކަނޑައަޅާ ކަމަށެވެ.

މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައިވެސް ބޮޑު ޖަމާއަތުގައި އީދުނަމާދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރު އީދު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 7:00 ޖަހާއިރު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ