މާލެ: 31°C
މާދަމާ އޮންނަ ބައި-އިލެކްޝަންގެ ވަގުތު އިތުރުކޮށްފި

މާދަމާ އޮންނަ ބައި-އިލެކްޝަންގެ ވަގުތު އިތުރުކޮށްފި

January 12, 2024
4 ފަހަރު ބަލާފައި
މާދަމާ އޮންނަ ބައި-އިލެކްޝަންގެ ވަގުތު އިތުރުކޮށްފި
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންގެ ވޯޓުލުމުގެ ވަގުތަށް އެއްގަޑިއިރު އިތުރުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓުލުން މިހާރު ނިމޭނީ މާދަމާ ހަވީރު 5.00 ގައި ކަމަށެވެ. މިގޮތަށް ހަމަޖެއްސެވީ މުޅި ރާއްޖޭގެ މޫސުން ގޯސްވެ ވިއްސާރަވެ، ވައިގަދަވެ އަދި ކަނޑުގަދަވުމުގެ ސަބަބުން ޢާންމު ދަތުރުފަތުރަށް ބުރޫއަރައި ވޯޓުލުމަށް މީހުން ނިކުތުމަށް ދަތިވާނެތީ ކަމަަށް އީސީއިން ބުންޏެވެ. މާދަމާ ކުރިގެންދިއުމަށް ހަމަޖެހިފައިވނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި މ.މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު ހޮވުމަށް ބާއްވާ ބައި އިލެކްޝަންތަކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ