މާލެ: 31°C
މާދަމާއިން ފެށިގެން ވޯކްޕާމިޓް ލިބޭނީ މެޑިކަލް އޮވެގެން

މާދަމާއިން ފެށިގެން ވޯކްޕާމިޓް ލިބޭނީ މެޑިކަލް އޮވެގެން

January 3, 2024
2 ފަހަރު ބަލާފައި
މާދަމާއިން ފެށިގެން ވޯކްޕާމިޓް ލިބޭނީ މެޑިކަލް އޮވެގެން

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން މެޑިކަލް ޗެކަޕް ހެދުން މާދަމާ އިން ފެށިގެން މަޖުބޫރު ކުރަން ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީ އިން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 ފެތުރެމުން އައި ދުވަސްވަރު ރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީންގެ މެޑިކަލް ހެއްދުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން މެޑިކަލް އަކާ ނުލައި މިނިސްޓްރީ އިން ވޯކް ޕާމިޓް ދޫކުރަމުން އައި ކަމަށެވެ.

ނަމަވެސް މާދަމާ އިން ފެށިގެން ވޯކް ޕާމިޓް ދޫކުރާނީ އަދި ކުރިން ދޫކޮށްފައިވާ ފަރާތްތަކުގެ ޕާމިޓް މުއްދަތު އިތުރު ކުރާނީ މެޑިކަލް ރިޕޯޓް "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށް ހުށަހެޅުމުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ވޯކް ޕާމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވާ ފަރާތްތަކަށް 15 ދުވަހުގެ ތެރޭގައި ވޯކް ޕާމިޓް މެޑިކަލް ރިޕޯޓް ހުށަހަޅަންޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މިވަގުތު ވޯކް ޕާމިޓް މުއްދަތު ހަމަވެފައިވާ ބިދޭސީއެއް ރާއްޖެއިން ބޭރުގައި ހުރި ނަމަ އެ ފަރާތްތަކުގެ ވޯކް ޕާމިޓްގެ މުއްދަތު އިތުރުކޮށް ރާއްޖެ އެތެރެ ވެވޭނީ ރާއްޖެއިން ބޭރުން މެޑިކަލް ރިޕޯޓެއް ހައްދައި ހުށަހަޅައިގެން ކަމަށާއި އެގޮތަށް ހުށަހަޅާ މެޑިކަލް ރިޕޯޓްތަކުގައި ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ ހުރިހާ ޓެސްޓުތަކެއް ހިމަނަން ޖެހޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ވޭތުވެދިޔަ މުއްދަތުގައި މެޑިކަލް އާ ނުލައި ވޯކް ޕާމިޓް ދޫކޮށްފައިވާ ފަރާތްތަކުން ޖުލައި 4، 2024 ގެ ނިޔަލަށް މެޑިކަލްތައް ހުށަހަޅަން ޖެހޭނެ ކަމަށާއި އެ މުއްދަތުގައި މެޑިކަލް ހުށަހަޅާފައި ނުވާނަމަ ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މާދަމާ އިން ފެށިގެން ފުރައިގެންދާ ފަރާތްތަކުގެ ވޯކް ޕާމިޓް ކެންސަލް ކުރާނީ މެޑިކަލް ރިޕޯޓަށް އެކްސްޕެޓް ސިސްޓަމްގައި ދީފައިވާ މުއްދަތު ހަމަ ނުވާނަމަ ކަމަށާއި މުއްދަތު ހަމަވެފައިވާ ކޮންމެ އަހަރަކަށް 2000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ސަރުކާރުން މިގޮތަށް ނިންމާފައި މިވަނީ މިފަހުން ބިދޭސީންތަކެއް ގައިން ފައިލޭރިއާ ބަލި ފެނިފައިވަނިކޮށެވެ. އެބައްޔަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ