މާލެ: 31°C
މާފަންނު އޯކިޑް ޕްލާޒާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާފަންނު އޯކިޑް ޕްލާޒާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

July 29, 2024
2 ފަހަރު ބަލާފައި
މާފަންނު އޯކިޑް ޕްލާޒާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މާފަންނުގައި ހުންނަ އޯކިޑް ޕްލާޒާ ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުން އެބަގެންދެސެވެ. މަންޒަރު ދުއް ފަރާތްތަކުން ބުނެފައިވަނީ އެއްމެފުރަތަމަ އަލިފާން ހިފީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ. ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަތީ ފަންގިފިލާތަކަށް އަލިފާން ފެތުރިފައިވާކަމަށެވެ. މާފަންނުގައި ހުންނަ އޯކިޑް ޕްލާޒާ އަކީ ސަރުކާރުން ފުލެޓް އިމާރާތެއްގެ ގޮތުގައި ކުރިން ބޭނުންކުރަމުން އައި އިމާރާތެކެވެ. އެ އިމާރާތުން މީހުން ހުސްކުރީ ކުރީ ސަރުކާރުން އެ އިމާރާތް ހުރި ބިމުގައި ހައުސިން އައު ފުލެޓް އިމާރާތެއް ހެދުމަށަވެ. އެ އިމާރާތުން މީހުން ހުސްކޮށް އިމާރާތުގެ އެޕާޓްމަންޓް ތަކުގެ ދޮރުތައް ނައަޓައި އިމާރާތް ތަޅާލަން ކުރީ ސަރުކާރުން ވަނީ ފަށާފައެވެ. އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ބުނާ ގޮތުގައި އެ އިމާރާތް މިހާރު ބޭނުންކުރަނީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުންނެވެ. މިރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދުން 3 މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ