
ލުތުފީ އަށް ކޮށްފައިވާ ހުކުމް ތަންފީޒުކޮށް ނިމިއްޖެ
ލުތުފީ އަށް ކޮށްފައިވާ ހުކުމް ތަންފީޒުކޮށް ނިމިއްޖެ
ލިޔުން:
1988 އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ރާއްޖެ އަށް ދިން ޓެރަރިސްޓް ހަމަލާގައި އެންމެ އިސްކޮށް ހުރި ހާޖަރާގޭ އަބްދުﷲ ލުތުފީގެ މައްޗަށް ކޮށްފައިވާ 25 އަހަރުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމިއްޖެ އެވެ.
ލުތުފީއަށް ކޮށްފައިވާ 25 އަހަރުގެ ޖަލު ހުކުމަށް ފަހު މިހާރު ތަންފީޒު ކުރަމުން އަންނަނީ އެ މައްސަލާގައި ބަނދުގައި ވަނިކޮށް އޭނާ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލައިގެން އުޅުނު މައްސަލައިގައި އިއްވި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެވެ.
ލުތުފީ ވަނީ ސްރީ ލަންކާގެ ތަމަޅަ ހަނގުރާމަވެރިންގެ ބަޔަކު ގޮވައިގެން މާލެ އަރައި އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަވަހަރާކޮށްލައި ރާއްޖޭގެ ވެރިކަން އަތުލުމަށް މަސައްކަތް ކޮށްފައެވެ. ނޮވެމްބަރު 3 ގެ ހާދިސާއާ ގުޅިގެން އޭނާގެ މައްޗަށް އެންމެ ފުރަތަމަ އިއްވީ މަރުގެ ހުކުމެވެ. ނަމަވެސް މައުމޫން ވަނީ ފަހުން އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކުރައްވައިފަ އެވެ.
ސްރީ ލަންކާގެ އިދާރާތަކާ ގުޅިގެން، 2019 ވަނަ އަހަރު ޖުލައި މަހުގެ 9 ވަނަ ދުވަހު ލުތުފީ ރާއްޖެ ގެނެސް، ފިލައިގެން އުޅުނު މައްސަލައިގައި އޭނާގެ މައްޗަށް އުފުލީ މީހުން ބަންދު ކުރާ މަރުކަޒަކުން ފިލުމުގެ ދައުވާ އެވެ. އެ ދައުވާއާ ގުޅިގެން، 2010 ވަނަ އަހަރު މާޗް މަހުގެ 10 ވަނަ ދުވަހު ގައި އޭނާގެ މައްޗަށް 7 މަހާއި 6 ދުވަހުގެ ހުކުމެއް ކުރީ ދައުވާއަށް އޭނާ އިއުތިރާފުވުމުންނެވެ.
ނުވެމްބަރު 3 ގެ ހަމަލާއާ ގުޅިގެން ލުތުފީ އަށް އޭރު ކޮށްފައިވި ޖަލު ހުކުމް ތަންފީޒުކޮށް ނިމިފައިވާ އިރު، އެ ހަމަލާގައި ޝަހީދު ކޮށްލި 19 ދިވެހިންނާ ގުޅިގެން ކުރި ހުރިހާ ހުކުމެއް ވެސް މިހާރު ވަނީ ތަންފީޒުކޮށް ނިމިފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
