މާލެ: 31°C

ލުއިއަދަބު ދިނުމުގެ މާނައަކީ އަދަބުތަންފީޒުނުކުރުމެއް ނޫން: ޕީޖީ

December 8, 2022
2 ފަހަރު ބަލާފައި
ލުއިއަދަބު ދިނުމުގެ މާނައަކީ އަދަބުތަންފީޒުނުކުރުމެއް ނޫން: ޕީޖީ
ލުއިއަދަބު ދިނުމުގެ މާނައަކީ އަދަބުތަންފީޒުނުކުރުމެއް ނޫން: ޕީޖީ
ގާނޫނުގައި ހުއްދަކޮށްފައިވާ ލުއި އަދަދު މީހަކަށް ދިނުމުގެ މާނަައަކީ އަދަބު ތަންފީޒުނުކުރުމެއް ނޫން ކަމަށާއި އަދަބު ލުއިކޮށް، ޖޫރިމަނާއަކަށް ބަދަލުކުރާ ހާލަތުގައި އެ ޖޫރިމަނާ ނުދައްކާ ނަމަ އަދަބު މުރާޖައާކޮށް، ގާނޫނުގައި އޮތް ބޮޑު އަދަބު ދޭން ޖެހޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެ އެވެ. އަމިއްލަފުޅު ބްލޮގްގައި ލިއުއްވި ދިގު ލިއުމެއްގައި ޝަމީމް ވިދާޅުވީ ޖަލު އަދަބެއް ޖޫރިމަނާއަކަށް ބަދަލުކޮށްދީފައިވާ މީހަކު ޖޫރިމަނާ ނުދައްކައިފި ނަމަ އޭނާއަށް އޮތް އަސްލު އަދަބުކަމަށްވާ ޖަލުހުކުމަށް ބަދަލުކުރަން ކޯޓަށް ވަޑައިނުގެން ހުންނެވުމުގެ އިޚުތިޔާރު ޕްރޮސެކިއުޓާ ޖެނެރަލަށް ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އަދަބު މުރާޖައާކުރަން ކޯޓަށް ހުށަހަޅާނީ ތަންފީޒީ އިދާރާއަކުން އެގޮތަށް ނިންމައި ޕީޖީއަށް އެކަން ހުށަހެޅުމުންނެވެ. "...ތަންފީޒު އިދާރާގެ ވެރިމީހާގެ ނިންމުން ލިބޭތާ 30 ދުވަހުގެ ތެރޭގައި، އުޞޫލުގެ ޖަދުވަލް 1 ގައި އޮތް ފޯމު ފުރައި، އެމައްސަލައެއް ނިންމި ކޯޓަށް ހުށަހަޅަންޖެހެނީއެވެ. ކުރާން އުޅޭ ކަމަކީ އަދަބު މުރާޖަޢާކުރުމެވެ. ތަންފީޒު އިދާރާގެ ވެރިޔާގެ ނިންމުން ލިބުމާއެކު، އުޞޫލުގައި އޮތް މުއްދަތުގެ ތެރޭގައި އަދަބު މުރާޖަޢާ ކުރަން ހުށަހެޅުމަކީ، އުޞޫލު އޮތް ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލަށް އިޚްތިޔާރެއް އޮތް ކަމެއް ނޫނެވެ. ކުރާންޖެހޭ ކެމެވެ،" ބްލޮގްފައި ޝަމީމް ލިއުއްވާފައި ވެ އެވެ. ގާނޫނު ހުއްދަކުރާ ލުއި އަދަބެއް މީހަކަށް ދިނުމުގެ މާނައަކީ އެމީހަކަށް އަދަބު ނުދިނުން ނޫން ކަމަށާއި ޖޫރިމަނާ ނުދައްކާ މީހުންގެ މައްސަލަ ކޯޓަށް ހުށަހަޅަން ގާނޫނު ލާޒިމުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ކުރި ކުށަށް ކަނޑައަޅާފައިވާ އަސްލު އަދަބަކީ ޖަލަށް ލުން ކަމަށް ވާ ނަމަ އަދަބު މުރާޖައާކުރުމުގެ ނަތީޖާއަކަށް ވާނީ ޖޫރިމަނާ ނުދެއްކި މީހާ ޖަލަށް ބަދަލުކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ނުވަތަ އެމީހަކާ އެކަށީގެންވާ އެހެން އަދަބަކަށް ބަދަލުކުރުމެވެ. މިހުރިހާ އުޞޫލެއް ހިނގަނީ ހަމައެކަނި ޤާނޫނުލްޢުޤޫބާތުން އަދަބު ކަނޑައަޅައިފައިވާ ކުށްތަކަށެވެ. އެހެން ޤާނޫނުތަކުން، މިސާލަކަށް، މަސްތުވާތަކެއްޗާބެހޭ ޤާނޫނު ނުވަތަ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުވުމުގެ ޤާނޫނު ފަދަ، ޚާއްޞަ ޤާނޫނުތަކުން އަދަބު ކަނޑައަޅާ މައްސަލަތަކަކަށް، ސުޕްރީމް ކޯޓުގެ އުޞޫލުގައި އޮތް އަދަބު ބަދަލުކުރުމުގެ ހަމަތަކެއް ނުހިނގާނެއެވެ،" ޝަމީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޖަލު އަދަބު ޖޫރިމަނާގެ އަދަބަށް ބަދަލުކޮށްގެން ލުއި ލިބިފައިވާ މީހުންނަށް މިހާރު އޮތް ގޮތަކީ، ކޯޓުން މުރާޖައާގެ މައްސަލަ ހިނގައިގަތުމުގެ ކުރިން އަވަހަށް ފައިސާ ދައްކާ ހަލާސްކުރުމެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ