މާލެ: 31°C

ލޮނުމެދަށް ޑިމާންޑް ބޮޑުވެ އެސްޓީއޯއިން މީހަކަށް ކިލޯއެއް

March 3, 2025
179 ފަހަރު ބަލާފައި
ލޮނުމެދަށް ޑިމާންޑް ބޮޑުވެ އެސްޓީއޯއިން މީހަކަށް ކިލޯއެއް
ލޮނުމެދަށް ޑިމާންޑް ބޮޑުވެ އެސްޓީއޯއިން މީހަކަށް ކިލޯއެއް ވިއްކަން ފަށައިފި އެވެ.

ލޮނުމެދަށް ޑިމާންޑް ބޮޑުވެ އެސްޓީއޯއިން މީހަކަށް ކިލޯއެއް ވިއްކަން ފަށައިފި އެވެ.

ރަމަޝާން މަހާދިމާކޮށް ބާޒާރުގެ ތަކެތީގެ އަގުތައް މަތިވިޔަނުދީ ހިފެހެއްޓުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެސްޓީއޯއިން ވަނީ ދިވެހިން އާއްމުކޮށް ކެއުމަށާއި ކެއްކުމަށް ބޭނުންކުރާ ބާވަތްތަށް ރާއްޖެ އެތެރެކޮށް ބާޒާރާށް ނެރެފައެވެ.

ބާޒާރުގައި ލޮނުމެދުގެ ޑިމާންޑް މަތިވެވުމާ ގުޅިގެން އެސްޓީއޯއިން މިހާރުވަނީ އެ ކުންފުނިން އެތެރެކޮށްފައިވާ ލޮނުމެދު ވިއްކުން ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން އެކުންފުނިން މިހާރު ލޮނުމެދު ވިއްކަނީ ބޮލަކަށް ކިލޯއެއްގެ ރޭޓުންނެވެ. އެ ކުންފުނިން ލޮނުމެދު ވިއްކަނީ ކިލޯއެއް 45 ރުފިޔާ އަށެވެ. ނަމަވެސް ބާޒާރުގައި މިހާރު ލޮނުމެދު ކިލޯއެއް ލިބެންހުރީ 100 ރުފިޔާ އާއި 120 ރުފިޔާ އާއި ދެމެދުގެ އަގެއްގައެވެ.

އެސްޓީއޯއިން ބުނެފައިވަނީ ވަކިވަކި ކަސްޓަމަރުން އާދަޔާ ހިފާލަށް ގިނައިން ލޮނުމެދު ގަންނާތީ ވިއްކާ މިންވަރު ލިމިޓުކުރި ނަމަވެސް، ލޮނުމެދުގެ ސްޓޮކް މަދުނުވާ މިންވަރަށް އެބަހުރި ކަމަށެވެ. އެސްޓީއޯއިން ރޯދަމަހަށް ހާއްސަކޮށް 24 ބާވަތެއް ބާޒާރަށް ގެނެސް ކޮންޓްރޯލް އަގުތަކެއްގައި ވިއްކަމުންދާތީ މި ރޯދަމަހު ބާޒާރުގެ ތަކެތީގެ އަގު އެއް ހަމައެއްގައިވަނީ ހިފެހެއްޓިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ