މާލެ: 31°C

ލޯފަން މީހުން އަމިއްލައަށް ވޯޓުލެވޭގޮތަށް ގާނޫނު އިސްލާހުކޮށްފި

ލޯފަން މީހުން އަމިއްލައަށް ވޯޓުލެވޭގޮތަށް ގާނޫނު އިސްލާހުކޮށްފި
June 19, 2023
2 ފަހަރު ބަލާފައި
ލޯފަން މީހުން އަމިއްލައަށް ވޯޓުލެވޭގޮތަށް ގާނޫނު އިސްލާހުކޮށްފި

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަމީހުން، އެހެން މީހެއްގެ އެހީތެރިކަމަކާ ނުލައި ވޯޓު ލެވޭނެ ގޮތް ހެދުމަށްޓަކައި ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

ބެލޮޓު ޕޭޕާ ޓެމްޕްލޭޓު ބޭނުން ކޮށްގެން ވޯޓު ލެވޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާ ގޮތަށް މަޖިލިިހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ހުށަހެޅުއްވި ބިލު ފާސްވ، މިއަދު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ އިއްތިފާގުންނެވެ.

ބެލޮޓް ޕޭޕާ ޓެމްޕުލޭޓަކީ ވޯޓު ކަރުދާހާ އެއްވަރަށް ޕްލާސްޓިކުން ތައްޔާރުކޮށްފައި އޮންނަ އެއްޗެކެވެ. އޭގެ ބޭނުމަކީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުންނަށް އެއްވެސް މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އެމީހަކު ބޭނުންވާ ނަންބަރެއްގައި ފާހަގަ ޖެހުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ޓެމްޕްލެޓް ބޭނުން ކުރެވޭނެ ހާލަތާއި އަމަލު ކުރަން ޖެހޭނެ ގޮތްތައް ވަނީ އިސްލާހުގައި ބަޔާންކޮށްފަ އެވެ.

އެހެން މީހެއްގެ އެހީތެރިކަމާ ނުލައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަމީހުން އަމިއްލައަށް  ވޯޓު ލެވޭނެ ގޮތް ހެދުމަށް،  ބްލައިންޑް އެސޯސިއޭޝަނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުން މީގެ ކުރިން ވޯޓު ލަނީ އެހެން މީހެއްގެ އެހީތެރިކަމާ އެކު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ