
ލޯކަލް ޓޫރިޒަމަށް ޓުއަގައިޑުން ތަމްރީނުކުރަން މިއަހަރު ފަށާނަން: މައުސޫމު
ލޯކަލް ޓޫރިޒަމަށް ޓުއަގައިޑުން ތަމްރީނުކުރަން މިއަހަރު ފަށާނަން: މައުސޫމު
ލިޔުން:
ރާއްޖޭގެ އެކި ރަށްރަށުގައި ހުރި މުހިއްމު ތަންތަނާ ބެހޭ މައުލޫމާތު ޓޫރިސްޓުންނަށް ފުރިހަމައަށް ދިނުމަށް ޓަކައި ޓުއަގައިޑުން ތިބުން ވަރަށް މުހިއްމު ކަމަށާއި އެކަމަށް މީހުން ތަމްރީނު ކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމު މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ލިމިޓެޑުން ކުރިއަށް ގެންދާ ބައިނަލް އަގުވާމީ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު"ގެ ދެވަނަ އެޑިޝަން ފަށަން ނ. ލަންދޫގައި މިއަދު ބޭއްވި ރަސްމިއްުޔާތެއްގައި މިނިސްޓަރު ވިދާޅުވީ ވިދާޅުވީ ރާއްޖޭގެ ސަގާފީ ތަންތަނުގެ މުހިއްމުކަން ފަތުރުވެރިންނަށް ރަނގަޅަށް އިހުސާސްވާނީ އެމީހުންނަށް އެތަންތަނުގެ ވާހަކަ ރަނގަޅަށް ކިޔައިލަދިނީމާ ކަމަށެވެ. ޓުއަ ގައިޑުން މުހިއްމު ވަނީ އެހެންވެ ކަމަށް ވެސ އޭނާ ވިދާޅުވި އެވެ.
"ރަށްރަށުގެ ޒުވާނުންނަށް ޓުއަގައިޑުންގެ ގޮތުގައި މަސައްކަތް ކުރެވޭނެ މަގު ފަހިކޮށް އެބޭފުޅުން ޓްރެއިންކޮށް، ފަތުރުވެރިކަމާ ގުޅުވައިލާނަން، އެ މަސައްކަތް އަޅުގަނޑުމެން ކައުންސިލްތަކާ އެއްކޮށް މިއަހަރު ފަށައިގެން ކުރިއަށް ގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން،" މައުސޫމް ވިދާޅުވި އެވެ.
"ސަވާދީއްތަ ދަތުރު"ގެ ނަމުގައި އެމްއައިޓީޑީސީން މިދިޔަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޔޮޓް ރެލީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ސަގާފީ ތަރިކަތަކާއި މީހުން އުޅޭ ރަށްރަށުގެ ގުދުރަތީ ރީތިކަން ޓޫރިސްޓުނަށް ދައްކައި، ލޯކަލް ޓޫރިޒަމް ކުރި އެރުވުމެވެ. މައުސޫމު ވިދާޅުވީ ރަށްރަށުގައި ހުރި އެފަދަ ތަންތަނާއި ރަށްރަށުގެ މީހުން ކުރާ މަސައްކަތާ ގުޅުވައިލަން ޖެހޭ ކަމަށާއި އެތަންތަށް ޒިޔާރަތްކުރާ މެހުމާނުންގެ އަތުން އާމްދަނީއެއް ލިބޭ ގޮތަށް އިންތިޒާމް ކުރަން ޖެހޭ ކަމަށެވެ.
"އޭރުން ރަށްރަށުގައި ހުންނަ ސަގާފީ ތަންތަން ވެސް ތާރީހީ ތަންތަން ވެސް އަދި ރަށްރަށުގެ ކުޅިވަރުތައް ވެސް ރަށުގެ އަތްތެރި މަސައްކަތާ އެހެން ކަހަަލަ ކަންތައްތައް ވެސް ކުރިއަށް ދާނީ. އިރާދަކުރެއްވިއްޔާ މިފަދަ ޔޮޓް ރެލީތަކުންނާއި ޓޫރިޒަމް ފުޅާވެގެންދާ އެހެން ކަންތައްތަކުގެ ސަބަބުން ރައްޔިތުންނަށް އެކަންތައް ހާސިލުވާނެ،" މައުސޫމު ވިދާޅުވި އެވެ.
ޓޫރިޒަމް ފުޅާވުުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުގެ ނިޒާމު އޮތް ގޮތް ކަމަށާއި އެކަމަކު އާރްޓީއެލް ފެރީގެ ނިޒާމާ އެކު އެކަން ހައްލުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
