މާލެ: 31°C

ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ފަސް އަހަރުގެ ޕްލޭން ތައާރަފްކޮށްފި

January 31, 2025
148 ފަހަރު ބަލާފައި
ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ފަސް އަހަރުގެ ޕްލޭން ތައާރަފްކޮށްފި
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ 5 އަހަރުގެ ޕްލޭނާއި، 2025 ވަނަ އަހަރުގެ މަސައްކަތު ޕްލޭން އިފްތިތާހްކޮށްފި އެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ 5 އަހަރުގެ ޕްލޭނާއި، 2025 ވަނަ އަހަރުގެ މަސައްކަތު ޕްލޭން އިފްތިތާހްކޮށްފި އެވެ.

ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ފްލޭން އިފްތިތާހް ކޮށްދެއްވީ ވަޒީރު އާދަމް ޝަރީފު ޢުމަރު އެވެ.

އިފްތިތާޙުކުރެވުނު 5 އަހަރުގެ ޕްލޭނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކާއި ސަރުކާރުގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ކުރިއަށް ގެންދާނެ މަސައްކަތްތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވެ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މިނިސްޓްރީ އޮފް ސިޓީސް އަކީ މުޅި ރާއްޖެއަށް ފެތުރިފައިވާ ވަރަށް ބޮޑު ވުޒާރާއެއް ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ވުޒާރާއިން ކުރެވުނު މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަކީ މިއަދު އެ ވުޒާރާއާއެކު އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކެއް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވި އެވެ.

ސަރުކާރުން ވަރަށް ބޮޑަށް ބޭނުންފުޅުވޭ މުޅި ރާއްޖެ ތަރައްޤީކުރުމުގައި، ޚާއްޞަ ގޮތެއްގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާއެކު، ކުރެވޭ މަސައްކަތުގައި އަޅުގަނޑުމެން ވަރަށް މުހިންމު ދައުރެއް އަދާކުރަން،“ ވަޒީރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ޕްލޭންތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ޕްރެޒެންޓޭޝަނެއް ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ ހުށަހަޅުއްވައިދެއްވި އެވެ. މި ރަސްމިއްޔާތުގައި ވުޒާރާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ