މާލެ: 31°C

ލޯނުތައް ދެއްކޭ ވަރަށް ސޮވްރިން ފަންޑުގައި ފައިސާ ބަހައްޓާނަން: ރައީސް

December 29, 2022
2 ފަހަރު ބަލާފައި
ލޯނުތައް ދެއްކޭ ވަރަށް ސޮވްރިން ފަންޑުގައި ފައިސާ ބަހައްޓާނަން: ރައީސް
ލޯނުތައް ދެއްކޭ ވަރަށް ސޮވްރިން ފަންޑުގައި ފައިސާ ބަހައްޓާނަން: ރައީސް
ދައުލަތުގެ ލޯނުތައް ދެއްކޭ ވަރަށް ސޮވްރެން ޑިވަލޮޕްމަންޓް ފަންޑުގައި ފައިސާ ބަހައްޓާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކައް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރުން ނަަގާފައިވާ ދަރަނި އަނބުރާ ދެއްކުމުގައި ބޮޑު ރިސްކެއް ނެއްކަމަށާއި ބޮޑު އަދަދެއް އެންމެ އަވަހައް ދައްކަން ޖެހޭނީ 2026 ވަނަ އަހަރު ކަމަށެވެ. ދަރަނި އަނބުރާ ދައްކާނެ ގޮތުގެ ޕްލޭނެއް އެބަ އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. " އަޅުގަނޑުމެންނަށް އެންމެ އަވަހަށް ބޮޑު އަދަދެއް ދައްކަން މި ޖެހެނީ 2026 ވަނަ އަހަރު. އެހައިތަނަށް އަންނަ އިރުގައި އެފައިސާ ދެއްކޭނެ ގޮތް ރާވައި އިންތިޒާމްކޮށްފައި އަޅުގަނޑުމެން ހުންނާނީ. އެއީ ކުރިއްސުރެ [ފައިސާ] ޖަމާވަމުން މި އައި ސަވްރެއިން ޑިވެލޮޕްމެންޓް ފަންޑުގައި، ފައިސާ، އެ ދުވަހަށް އަންނަ އިރުގައި އަޅުގަނޑުމެން ބަހައްޓާނަން،" ރައީސް ވިދާޅުވި އެވެ. ދައުލަތުން ނަގާފައިވާ ދަރަނިތައް ދެއްކުމުގައި ބޮޑު ރިސްކެއް ނެތް ކަމަށާއި 2026 ހާ ހަމައަށް ދަރަނި ދެއްކުމުގައި ދައުލަތުގެ ބަޖެޓުން މާބޮޑު ބުރައެއް އުފުލަން ނުޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ސޮވްރެން ޑިވަލޮޕްމަންޓް ފަންޑުގައި ފައިސާ މަދުވެއްޖެ ކަމަށް ބައެއްފަރާތްތަކުން ސުވާލު އުފައްދާތީ އެކަމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެފަންޑު އުފެއްދީ 2017 ވަނަ އަހަރު ކަމަށާއި އެއަހަރު ނިމުނުއިރު ހުރީ 336 މިލިޔަން ރުފިޔާކަމަށެވެ. އަދި 2018 ގައި 1.6 ބިލިއަން ރުފިޔާއަށް  އަރާފައިވާ ކަމަށާއި އަދި މިއަހަރު ނިމޭއިރު މިހާރު އެ އަދަދު 5.3 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ . ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރު އަނަންއިރު 9.4 ބިލިޔަން ރުފިޔާ އެފަންޑުގައި ބެހެއްޓުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ