"މިރާއްޖެއަށް ލޯނަކީ މުހިއްމު އެއްޗެއް ކަމާ ލޯނުގެ ފައިދާއާއި އަދި ލޯނު ނަގައިގެން، އޭގެ ކުރިން ކުރިއެރި ވަރަށް ވުރެ އެތައް ގުނައެއް ހަލުވި ވެގެންދާނެ ކަމަށް އެނގިގެން އެކަން ފުރަތަމަ ފެށީ ވެސް އެމްޑީޕީގެ ސަރުކާުރުން. އޭރު އަޅުގަނޑުމެންނަށް އަޑުއިވޭ އަބަދުވެސް، ޓީވީ ޚަބަރަކުން ވިޔަސް، ރޭޑިއޯ ޚިތާބަކުން ވިޔަސް އަޑުއިވެނީ ކޮންމެވެސް ޗައިނާ އެގްޒިމް ބޭންކަކުން އެވެނިކަމެއް މިވެނިކަމެއް[ކުރާ ވާހަކަ]،" ޔައުގޫބު ވިދާޅުވި އެވެ.އޭނާ ވިދާޅުގޮތުގައި އެއީ ގޯސް ކަމެއް ނަމަ އެމްޑީޕީގެ އޭރުގެ ސަރުކާރުން ވެސް ލޯނެއް ނުނެގީހެވެ. އޭރުގައި ދައުލަތުގެ ހުރި ގާބިލުކަން މިހާރަށް ވުރެ ކުޑަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މި ފާއިތުވި ހަތަރު އަހަރު ތެރޭ ހުރި ކެޕޭސިޓީ ވަކި ކުޑައެއް ނޫން. ވިއްޔާ ވީ ރަނގަޅު،" ޔައުގޫބު ވިދާޅުވި އެވެ. އެހެންވީމާ ލޯނު ނެގުމަކީ އެއްވެސް މައްސަލައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ކުރީގެ ރައީސް ޔާމީނު ސަރުކާރުން ލޯނު ނެގި ނެގުން ވެސް އެއީ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ލޯނު ދެއްކުމުގެ ގާބިލުކަން ނެތް ފަރާތަކަށް ދުނިޔޭގެ މާލީ އިދާރާތަކުން ލޯނު ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ލޯނު ނެގުމަކީ ގޯހެއް ނަމަ ނަޝީދުގެ ސަރުކާރުން ވެސް ލޯނު ނުނެގީސް"
"ލޯނު ނެގުމަކީ ގޯހެއް ނަމަ ނަޝީދުގެ ސަރުކާރުން ވެސް ލޯނު ނުނެގީސް"
ލިޔުން:
ލޯނު ނެގުމަކީ ރާއްޖެއަށް މުހިއްމު ކަމެއް ކަން އެނގިގެން އެކަން ފުރަތަމަ ފެށީ ވެސް އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ކަމަށާއި އެއީ ގޯސް ކަމެއް ނަމަ އެ ސަރުކާރުން ވެސް ލޯނު ނުނެގީސް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ރައްދު ދެއްވައިފި އެވެ.
ރާއްޖޭން ނަގާފައިވާ ލޯނުތައް ނުދެއްކޭ ހާލަތަކަށް އެބަ ދާކަމަށް ވިދާޅުވެ އެންމެ ގިނައިން ވާހަކަފުޅު ދައްކަވާ ނަޝީދަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރާއްޖޭގެ ރައީސެވެ. ޔައުގޫބު ވިދާޅުވީ އޭރު އަބަދުވެސް އިވެނީ ޗައިނާ އެގްޒިމް ބޭންކުން ލޯނު ނަގައިގެން ކަންތައްތައް ކުރާ ވާހަކަ ކަމަށެވެ. އޭރުގައި އެވަރަށް ލޯނު ނަގަމުން ދިޔަ އިރު ލޯނަށް އަނބުރާ ފައިސާ ދެއްކުމުގެ ގާބިލުކަން ރާއްޖޭގައި ހުރީ މިހާރު އެ ގާބިލުކަން ހުރި ވަރަށް ވުރެ ކުޑަކޮށް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
