މާލެ: 31°C

ލޯބިވާމީހަކު ވަކިވުމުން ލިބޭ ހިތާމައާއި ބެހޭގޮތުން ލިޔުނު ކުޑަކުދިންގެ ވާހަކަ ފޮތެއްގެ ސަބަބުން، ފިރިމީހާ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

ލޯބިވާމީހަކު ވަކިވުމުން ލިބޭ ހިތާމައާއި ބެހޭގޮތުން ލިޔުނު ކުޑަކުދިންގެ ވާހަކަ ފޮތެއްގެ ސަބަބުން، ފިރިމީހާ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި
August 28, 2024
2 ފަހަރު ބަލާފައި
ލޯބިވާމީހަކު ވަކިވުމުން ލިބޭ ހިތާމައާއި ބެހޭގޮތުން ލިޔުނު ކުޑަކުދިންގެ ވާހަކަ ފޮތެއްގެ ސަބަބުން، ފިރިމީހާ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި
ލޯބިވާ މީހަކު މަރުވުމުން ލިބޭ ހިތާމަ އާއި ބެހޭގޮތުން ފޮތެއް ލިޔެ ޝާއިރު ކުރުމުން ފިރިމީހާ މަރާލީ އޭނާ ކަމަށް ތުހުމަތުކޮށް ފޮތް ލިޔުނު އަންހެންމީހާ ހައްޔަރުކޮށް ޝަރީއަތް ހިންގަން ފަށައިފިއެވެ. 3 ކުދިންގެ މަންމައެއް ކަމުގައިވާ އުމުރުން 34 އަހަރުގެ ކޫރީ ރިޗިންސްގެ މައްޗަށް އުފުލާފައިވަނީ 2022 ވަނަ އަހަރުގެ މާޗް މަހު ކާތަކެއްޗާއެކު ވިހައެއް ދީގެން އޭނާގެ ފިރިމީހާ މަރާލިކަމުގެ ދައުވާއެވެ. އޭނާގެ ފިރިމީހާ މަރާލިކުމުގެ ތުހުމަތު ކުރެވުނީ 2023 ވަނަ އަހަރު އޭނާ ލިޔުނު ކުޑަކުދިންގެ ފޮތެއް ކަމުގައިވާ "އާ ޔޫ ވިތް މީ" ކިޔާފޮތެއްގެ ސަބަބުންނެވެ. ފޮތުގައި ގެނެސްދީފައިވަނީ ލޯބިވާ މީހަކު މަރުވުމުން ލިބޭ ހިތާމައިގެ ވާހަކައެވެ. ފޮތުގެ ބޭރުގެ ކުރެހުމުގައިވަނީ ކުޑަ ފިރިހެން ކުއްޖާއަށް ބަލަހައްޓައިގެން މަތީގައި ފިޔަގަނޑަކާއެކު އޮންނަ އޭނާގެ ބައްޕައެވެ. ދައުވާ ކުރާ ފަރާތުން ބުނެފައިވަނީ އެ ފޮތަކީ އޭނާގެ ފިރިމީހާގެ މަރު ސިއްރުކުރަން އޭނާ ލިޔެފައިވާ ފޮތެއްކަމަށެވެ. އެކަމާ ގުޅިގެން އަންހެން މީހާ ހައްޔަރުކުރުމަށްފަހު މިދިޔަ އަންގާރަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އަންހެން މީހާ ވަނީ ދައުވާ އަށް އިންކާރުކޮށްފައެވެ. ތަހުގީގުން އެނގުނު ގޮތުގައި 2022 ވަނަ އަހަރު އޭނާ އެއްމެ ފުރަތަމަ ފިރިމީހާ މަރާލަން ކުރިކަމަކީ ސޭންޑްވިޗް އަކަށް ވިހައެއް އަޅައިގެން މަރާލަން އުޅުމެވެ. ނަމަވެސް އެފަހަރު އޭގެ ބާރު ދައްވުމުގެ ސަބަބުން ފިރިމީހާ މަރުނުވީއެވެ. އަދި އެކަމާގުޅިގެން ފިރިމީހާ ގެ ރައްޓެހިންގާތު އޭނާއަށް އަނބިމީހާ ގޯސް އެއްޗެއް ދޭން އުލުނުކަމަށް ޝައްކުކުރެވިފައިވާ ވާހަކަ ބުނެފައިވާ ކަމަށްވެސް ތަހުގީގަށް އިނގިފައިވެއެވެ. އޭގެ 17 ދުވަސް ފަހުން އަނެއްކާވެސް ކުރީފަހަރަށްވުރެ 5 ގުނަ ބާރުގަދަ ވިހަ ދީގެން ފިރިމީހާ މަރާލީއެވެ. ޕްރޮސެކިއުޓަރުން ގަބޫލުކުރާ ގޮތުގައި އޭނާ ފިރިމީހާ މަރާލީ، ފިރިމީހާގެ އިންޝުއަރެންސް ގައި ހުރި 2 މިލިއަންޑޮލަރު ލިބޭނެކަމަށް ހީކޮށް ކަމަށާއި ނަމަވެސް އެއީ އޭނާއަށް ކުރެވިފައިވާ ކުށްހީއެއްކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ