މާލެ: 31°C

ލިޓޮން މަރައިލީ ކަނޑަށް ވައްޓާލައިގެން، ނިޒާމަށް މީހަކު މެރުމުގެ ދައުވާ

March 3, 2023
2 ފަހަރު ބަލާފައި
ލިޓޮން މަރައިލީ ކަނޑަށް ވައްޓާލައިގެން، ނިޒާމަށް މީހަކު މެރުމުގެ ދައުވާ
ލިޓޮން މަރައިލީ ކަނޑަށް ވައްޓާލައިގެން، ނިޒާމަށް މީހަކު މެރުމުގެ ދައުވާ
ގދ. ތިނަދޫ މަނާރު މުހައްމަދު ނިޒާމު، 45  އޭނާއާ އެކު ތެޔޮ ބޯޓެއްގައި ދަތުރުކުރި ބަންގްލަދޭޝްގެ މުހައްމަދު ލިޓީން، 35 ކަނޑަށް ވައްޓާލައި އޭނާ މަރާލާފައިވާ ކަމަށް ތުހުމަތުކޮށް، ގަސްދުގައި މީހަކު މެރިކަމުގެ ކުށުގެ ދައުވާ ދައުލަތުން ނިޒާމާ ދެކޮޅަށް ކޮށްފި އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ނިޒާމަށް ތުހުމަތުކުރެވޭ ކުށްތަކުގެ ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ އިއްޔެ އެވެ. އެ ދައުވާތަކުގެ ތަފްސީލު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ލިޓޮންއަށް ނޭނގި ހުއްޓައި ނިޒާމު އޭނާ ކޮއްޕާ ކަނޑަށް ވައްޓާލީ މާލެ އަތޮޅު ގަލަފަޅު ކައިރިންނެވެ. އެ ޖަރީމާ ހިންގީ މިދިޔަ ޑިސެމްބަރުމަހުގެ 28 ވަަނަ ދުވަހުގެރޭ 7:00 އާއި 8:30 އާ ދެމެދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. [embed]https://minivan.mv/76832/[/embed] ޕީޖީ އޮފީހުން ބުނި ގޮތުގައި ނިޒާމު ލިޓޮން ކަނޑަށް ވައްޓައިލީ ލިޓޮންގެ އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގަ އެވެ. ލިޓޮން ކަނޑަށް ވައްޓައިލުމަށް ފަހު ނިޒާމު ވަނީ އެފައިސާތައް ނަގައިފަ އެވެ. އެއީ 51،000 ރުފިޔާ އެވެ.

ނިޒާމާ ދެކޮޅަށް ދައުލަތުން ކުރާ ދައުވާތައް

  • ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
  • ޑައިމޯފިން އިން މުއާމަލާތްކުުރުމުގެ ދައުވާ
  • ވައްކަންކުރުމުގެ ދައުވާ
ލިޓޮންއާއި ނިޒާމު ދަތުރުކުރީ ތެޔޮބޯޓެއްގައި ކަމަށާއި އެ ދެމީހުން ފުރިފަހުން ޚަބަރެއް ނުވާ ކަމަށް ބުނެ ފުލުހުންނަށް ފުރަތަމަ ރިޕޯޓްކުރީ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ. އެކަމަކު ފަހުން އެނގުނު ގޮތުގައި އެ ދެމީހުން ދަތުކުރި އުޅަނދު ހުޅުލޭގެ ނެރު ކައިރިން އޮޔާދަނިކޮށް ޑިސެމްބަރު 28 ވަނަ ދުވަހު އެވެ. ނިޒާމު މާލެ ތެރޭގައި އުޅެނިކޮށް ފުލުހުން އޭނާ ހައްހަރުކުރީ އޭގެ މާ ފަހުންނެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ