މާލެ: 31°C

އެލްޖީއޭގެ ސީއީއޯކަމުން އަފްޝަން އިސްތިއުފާ ދެއްވަނީ

އެލްޖީއޭގެ ސީއީއޯކަމުން އަފްޝަން އިސްތިއުފާ ދެއްވަނީ
May 15, 2023
2 ފަހަރު ބަލާފައި
އެލްޖީއޭގެ ސީއީއޯކަމުން އަފްޝަން އިސްތިއުފާ ދެއްވަނީ
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފް އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަފްޝަން ވަނީ އިސްތިއުފާގެ ސިޓީ މިމަހު 14 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށައަޅުއްވާފައެވެ.
އަންނަ ބުރާސްފަތިދުވަހުން ފެށިގެން ވަޒީފާއިން ވަކިވެވަޑައިގަންނަވާ ކަމަށް އަފްޝަން ވިދާޅުވެފައިވާ އިރު، އޭނާ ވިދާޅުވީ އިސްތިއުފާ ދެއްވަނީ އާއިލާ އަށް ވަގުތުދެއްވުމަށް ކަމަށެވެ.
އޭނާ ވަނީ ސިޓީ ކައުންސިލުތަކުގެ މެޔަރުންނާއި، އަތޮޅު އަދި ކައުންސިލުތަކުގެ ރައީސުންނަށްވެސް އެކަން އަންގަވައި ސިޓީ ފޮނުއްވާފައެވެ. އަފްޝަން ވަނީ ކުރިން އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުވެސް ފުރުުއްވާފައެވެ. އަފްޝަން އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާއިރު، އަފްޝަންގެ ފިރިކަލުން، އަދި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވަނީ މިދިޔަ މާޗު މަހު މަގާމުން ވަކިކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ