މާލެ: 31°C
އެލްޖީއޭ ގެ ސީއީއޯ ގެ މަގާމަށް ކުރީގެ ފެނަކަ އެމްޑީ ނިމާލް އައްޔަނުކޮށްފި

އެލްޖީއޭ ގެ ސީއީއޯ ގެ މަގާމަށް ކުރީގެ ފެނަކަ އެމްޑީ ނިމާލް އައްޔަނުކޮށްފި

August 5, 2024
2 ފަހަރު ބަލާފައި
އެލްޖީއޭ ގެ ސީއީއޯ ގެ މަގާމަށް ކުރީގެ ފެނަކަ އެމްޑީ ނިމާލް އައްޔަނުކޮށްފި
ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ޗީފް އެގްޒެގްޓިވް އޮފިސަރ ކަމުގެ މަގާމަށް ކުރީގެ ފެނަކަ އެމްޑީ މުޙައްމަދު ނިމާލު ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަނުކުރައްވައިފިއެވެ. އެމަގާމަށް ނިމާލް އައްޔަނުކުރެއްވީ އެމަގާމަށް ރައީސް ޑރ.މުއީޒް ކުރިން އައްޔަނު ކުރައްވައިފަ ހުރި ޑރ.ޒުލްފާ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަމަށް އިއްޔެ އައްޔަނުކުރުމާ ގުޅިގެން އެމަގާމު ހުސްވެފައިވާތީއެވެ. ނިމާލަކީ އެއްމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކ.އަތޮޅުގެ ރައީސްކަމަށްވެސް އިންތިހާވި ފަރާތެވެ. ނިމާލް ކ.އަތޮޅު ކައުންސިލް ރައީސްކަމުން އިސްތިއުފާ ދެއްވީ ރައީސް ޑރ.މުއިއްޒު ވެރިކަމަށް ވަޑައިގަތުމާ ގުޅިގެން އެމަނިކުފާނުގެ ސަރުކާރުގައި މަސައްކަތް ކުރެއްވުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ