
ލޭ އެޅުމަށް ބޭނުންވާ ތަކެތި މާލެއަތޮޅުގެ ރަށްރަށާ ހަވާލުކޮށްފި
ލޭ އެޅުމަށް ބޭނުންވާ ތަކެތި މާލެއަތޮޅުގެ ރަށްރަށާ ހަވާލުކޮށްފި
ލިޔުން:
ހެލްތް މިނިސްޓްރީން، ލޭ އެޅުމަށް ބޭނުންވާ ތަކެތި ކ. އަތޮޅުގައި ލެބޯރޓްރީ ގާއިމް ކުރެވިފައިވާ ހުރިހާ ރަށެއްގެ ސިއްޙީ މަރުކަޒްތަކަށް ހަވާލު ކޮށްފިއެވެ.
މިތަކެތި ހަވާލު ކޮށްފައިވަނީ އެކަމަށްޓަކައި ހެލްތް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ލެބޯރޓްރީ ގާއިމް ކުރެވިފައިވާ 112 ރަށްކަށް މިތަކެތި ހަވާލު ކުރުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން މި ތަކެތި އެންމެ ފުރަތަމަ ހަވާލު ކޮށްފައިވަނީ ކ. އަތޮޅުގެ ލެބޯރޓްރީ ގާއިމް ކުރެވިފައިވާ ހުރިހާ ރަށެއްގެ ސިއްހީމަރުކަޒަކަށެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާތެރޭގައި މި ތަކެތި ދެން ހުރި މަރުކަޒު ތަކަށް ހަވާލު ކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ، މިތަކެތި ހޯދާފައިވަނީ އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކް އިން ފަންޑް ކޮށްގެން އެ މިނިސްޓްރީން ކުރިޔަށް ގެނދާ އެމެޖެންސީ ރެސްޕޮންސް ޓު ކޮވިޑް 19 ޕެންޑަމިކް ( ފޭސް2) ޕްރޮޖެކްޓްގެ ދަށުން ކަމަށެވެ.
ލޭއެޅުމަށް ހޯދުނު ތަކެތީގެ ތެރޭގައި ބްލަޑް ކަލެކްޝަން މޮނީޓާ، ޕްލާސްމާރ، އެކްސްޓްރެކްޓާރ، ބްލާޑް ބޭންކް ޓިއުބް ސްޓްރިޕާރ، ބަލަޑް ބޭންކް ޓިއުބް ސީލާރ، އަދި ބްލަޑް ބޭންކް ވެއިންގ ސްކޭލް ފަދަ ތަކެތި ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިތަކެތި ހޯދުމަށް 19 މިލިއަށް ރުފިޔާ ހަރަދު ކޮށްފައިވެއެވެ.
މިނިސްޓްރީން ބުނީ، ލޭ އެޅުމަށް ބޭނުންވާ އާލާތްތަށް މި ރަށްތަކަށް ލިބުމުން ރައްޔިތުންނަށް ގާތުން ހިދުމަތް ދިނުމުގެ ފަސޭހަ ތަކެއްވެގެން ދާނެ ކަމަށާއި، ވަގުތާއި ހަރަދު ސަލާމައް ވެގެންދާނެ ކަމަށެވެ. އަދި ރަށް ރަށުގައި ދިރިއުޅޭ ތެލެސީމިއާ ކުދިންނަށް ފަސޭހާއިން ލޭ އެޅުމުގެ މަގު ތަނަވަސް ވެގެން ދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
