މާލެ: 31°C

ލަންކާ ރައީސްގެ ޗައިނާ ދަތުރުން ލަންކާއަށް 10 ބިލިއަންޑަލަރުގެ އިންވެސްޓްމަންޓް

January 18, 2025
124 ފަހަރު ބަލާފައި
ލަންކާ ރައީސްގެ ޗައިނާ ދަތުރުން ލަންކާއަށް 10 ބިލިއަންޑަލަރުގެ އިންވެސްޓްމަންޓް
ލަންކާ ރައީސްގެ ޗައިނާ ދަތުރުން ލަންކާއަށް 10 ބިލިއަންޑަލަރުގެ އިންވެސްޓްމަންޓް

ލަންކާ ރައީސްގެ ޗައިނާ ދަތުރުގެ ތެރެއިން ޗައިނާގެ ކުންފުނިތަކުން ލަންކާގައި 10 ބިލިއަންޑަލަރުގެ އިންވެސްމަންޓް ކުރުމަށް ނިންމައިފިއެވެ.

ހަމްބަންޓޯޓާގައި 200،000 ފީފާގެ ޖާގައިގެ 3.7 ބިލިއަންޑޮލަރުގެ އެންމެ ޒަމާނީ ތެޔޮ ސާފުކުރާ ކާރުހާނާއެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ޗައިނާގެ ސިނޯޕެކުން ސޮއިކޮށްފައިވާއިރު، އެކަމުގެ ސަބަބުން ސްރީލަންކާއަށް ބޭރުފައިސާގެ ރިޒާވް އިތުރުވެގެންދާނެކަމަށް އެގައުމުން ބުނެފައިވެއެވެ. އިޤްތިޞާދީ އަދި ފަންނީ އެއްބާރުލުން ދިނުމާއި، އިންވެސްޓްމަންޓް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ވޯކިންގ ގްރޫޕެއް އުފެއްދުމާއި، ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ޗައިނާއަށް މާކެޓް އެކްސެސް ދިނުމާއި، މީޑިއާއާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުން ފަދަ ކަންކަމަށް ޗައިނާ ސަރުކާރުގެ ފަރާތުން (20 ބިލިއަން ރުޕީސް ގެ ހިލޭ އެހީ ދޭން ވަނީ ނިންމާފައެވެ.

އިމްޕޯޓަރުންނާއި އެކްސްޕޯޓްކުރާ ފަރާތްތަކުގެ ޗައިނާގެ ކަމާބެހޭ އެސޯސިއޭޝަންތަކާ ގުޅުން ބަދަހިކުރުމުގައި ސައިފަތާއި ޖަވާހިރު އަދި އެހެނިހެން ސިނާއަތްތަކުގައި ސްރީލަންކާގެ ވިޔަފާރިތަކަށް އެއްބާރުލުން ދިނުމަށްވެސް ދެގައުމުން އެއްބަސްވެފައިވެއެވެ. ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރިއެރުވުމަށް ސްރީލަންކާގެ ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުން ޓްރޮޕިކަލް ދަނޑުތަކަށް ބޭނުންވާ ބަޔޯ ޓެކްނޮލޮޖީއާއި، ގަސްގަހާގެހި އުފެދުމާއި ދަނޑުވެރިކަން ކުރުމާއި، އެކުއަކަލްޗަރ ފަދަ ދާއިރާތަކުން ސްރީލަންކާއާއެކު ތަމްރީނާއި ޑެމޮންސްޓްރޭޝަން ޕްރޮގްރާމްތަކަށްވެސް ޗައިނާ އިން ވަނީ ލަންކާއަށް އެއްބާރުލުންދިނުމަށް ވަނީ ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ